ads
2.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ވަނީ ހުޅުވާލާފައި.
ދެ ބިލިއަން ރުފިޔާގެ ޓީ ބިލު ވިއްކަނީ
ސަރުކާރުގެ ފަރާތުން 2.1 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީބިލް) ވިއްކުމަށް ހުޅުވާލައިފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު ޓީ ބިލެއް ވިއްކުމަށް އިއުލާނުކޮށްފަ އެވެ. އެ މިނިސްޓްރީން ޓީ ބިލް ވިއްކަން ހުޅުވާލީ 28 ދުވަހުން އަނބުރާ ދެއްކުމަށް 453 މިލިއަން ރުފިޔާ ގެ ޓީ ބިލަކާއި 98 ދުވަހުން އަނބުރާ ދެެއްކުމަށް 223.5 މިލިއަން ރުފިޔާގެ ޓީ ބިލެކެވެ. ހަމަ އެގޮތަށް 182 ދުވަހުން އަނބުރާ ދެއްކުމަށް 309.7 މިލިއަން ރުފިޔާގެ ޓީ ބިލެއްގެ އިތުރުން 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 1.19 ބިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ވެސް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

މި މަހުގެ 19 ވަނަ ދުވަހަކީ ޓީ ބިލުގެ ސެޓްލްމަންޓް ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، ޓީ ބިލުގެ އިންޓްރަސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގަ އެވެ.

ރާއްޖޭގައި ޓީ ބިލުގެ ރޭޓުތައް އުޅޭގޮތުން 28 ދުވަހަށް 3.50 އިންސައްތައިގައި ޓީ ބިލް ވިއްކަމުންދާއިރު 98 ދުވަހަށް ޓީބިލް ވިއްކަނީ 3.87 އިންސައްތައިގަ އެވެ. އަދި 4.23 އިންސައްތައިގައި 182 ދުވަހަށް ޓީ ބިލް ވިއްކާ އިރު 364 ދުވަހަށް ޓީބިލް ވިއްކަމުން ދަނީ 4.6 އިންސައްތައިގައެވެ.

އާންމުގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް