ads
ޓްރީ ޓޮޕުން ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވަނީ ބުނެފައި - ފޮޓޯ:ޓީޓީއެޗް
އުފާވެރި ވެއްޓެއް ކުޑަކުދިންނަށް ހޯދައިދޭންޖެހޭ: އެޑިއުކޭޝަން މިނިސްޓަރު
އުފާވެރި ވެއްޓެއް ކުޑަކުދިންނަށް ހޯދައިދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ގޮވާލައްވައިފިއެވެ.
Advertisement

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ. ކޮންމެ ކުއްޖަކަށްވެސް އަމާން ރައްކާތެރި އުފާވެރި ވެށްޓެއް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވިގޮތުގައި މިކަން ހާސިލްކުރެވޭނީ ރާއްޖޭގެ ހުރިހާ ޓީޗަރުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި، ބެލެނިވެރީންނާއި، އަދި މިނިވަން މުއައްސަސާތަކުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންނަށް އަމާން ރައްކާތެރި ވެށްޓެއް ހޯދައިދިނުމުން ބިނާވާނީ ގައުމައިގެން ކުރިއަށްދާނެ އޮށްޓަރު ހުރި ޖީލެއްކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް އަމާން ވެށްޓެއް ހޯދައިދިނުމަކީ އެންމެންގެވެސް އަޒުމަކަށް ވާންޖެހޭ ކަމެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް