ads
މޮރޮކޯގެ ކޯޗު ވަލީދު ނޫސްވެރިންނާއި ބައްދަލު ކުރަށް ވަނީ
ގަދަ ހަތަރަކާ ހަމައިން ނިންމާލާ ގޮތަކަށް ނޫން މޮރޮކޯ އޮތީ
ވޯލްޑް ކަޕްގައި މިރޭ މިރިކޯ އަދި އެންމެފަހުގެ ޗެރންޕިއަން ފްރާންސް ވާދަ ކުރާ މެޗަށް މޮރޮކޯ ވަރަށް ބޮޑަށް ތައްޔާރު ކަމަށާ މޮރޮކޯ އޮތީ ސެމީ ފައިނަލާއި ހަމައިން ނިންމާލާ ގޮތައް ނޫން ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެރްރަގީ ބުނެފިއެވެ.
Advertisement
"ބޭނުން ވަނީ ތަށި ދިފާއު ކުރަން ކުނުންނަ ފްރާންސް ބަލިކޮށް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރާ ތަން ދެކެން ، ހުރިހާ އަރަބި ގައުމުތައް އަދި ހުރިހާ މުސްލިމް ގައުމުތަކުގެ އުންމީދަކީވެސް އެއީ" ވަލީދު ބުންޏެވެ

މިއީ ވޯލްޑް ކަޕްގެ 92 އަހަރުވީ ތާރީހުގައި އަރަބި އެފްރިކާގެ ގައުމެއް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި ފުރަތަމަ ފަހަރު ކަންވެސް ފާހގަ ކުރެވެއެވެ.އަދި ރެގްރަގީ އަކީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ޓީމެއް ގެންގޮސްދިން ފުރަތަމަ އެފްރިކާގެ ކޯޗު ވެސް މެ އެވެ. 

"އަހަރެމެން މި ކުޅެނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް، ވޯލްޑް ކްލާސް ކުޅުންތެރިންނާއި ވަރަށް މޮޅު ކޯޗަކާ ދެކޮޅަށް. އެޓީމު މާޔޫސް ކޮށްލަން އަހަރެމެން ބޭނުން ވެފައި ހުރި މިންވަރު ދައްކައިދޭނަން،، ފުރަތަމަ ބަލިކުރީ ބެލްޖިއަމް ދެން އަދި އަހަރެމެން އަތުން ސްޕެއިންވެސް އެއޮތީ ބަލިވެފަ، ނޫން ބަލިކޮށްފަ އެއޮތީ  ދެން އެންމެފަހުން ޕޯޗުގަލް، އަހަރެންވެސް ރޮނާލްޑީއަށް ސަޕޯޓް ކުރަން ބަޓް ވީ އާ އޯލްސޯ ހިޔާ ޓު ވިން ދޯ، އެއިން ކޮންމެ މެޗެއް ކުޅުމުގެ ކުރިން އެންމެން ވެސް ހީކުރާނީ މޮރޮކޯ ކަޓާނެއޭ، އެކަމަކު މޮރޮކޯ އަދިވެސް މި އޮތީ ނުކަޓާ ، ގަދަ ހަތަރަކާއި ހަމައިން އަހަރެމެން އަދި ހަމަޖެހުމުގެ ނޭވައެއް ލާކަށް ބޭނުމެއް ނޫން" ކުރިން މޮރޮކޯގެ ގައުމީ ޓީމަށް ވެސް ކުޅުނު ރެގްރަގީ ސަމާސާ ރާގަކަށް ބުންޏެވެ.

މީގެ ކުރިން މޮރޮކޯ އަށް ވޯލްޑް ކަޕް ގައި އެންމެ ދުރަށް ދެވިފައިވަނީ 1986 ވަނަ އަހަރު ގަދަ 16 އާއި ހަމަޔަށެވެ އޭގެ ފަހުން މި އަހަރުގެ ވޯލް ކަޕް ހިމެނޭހެން މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައި ވެފައިވަނީ 4 ފަހަރަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް