ads
އެޗްޑީސީ އަށް ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް ދޫކުރުން. ފޮޓޯ:އެޗްޑީސީ
ރާއްޖޭގެ ފުރަތަމަ ޓެލެކޮމް އިންފްރާސްޓްރަކްޗަ ލައިސަންސް އެޗްޑީސީ އަށް
ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޯޕަން އެކްސެސް ނެޓްވޯކްގެ ހިދުމަތަށް ދޫކޮށްފިއެވެ.
Advertisement

މި އާއެކު އެޗްޑީސީ ވެފައިވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ފަރާތުން މި ލައިސަންސް ދޫކުރި ފުރަތަމަ ކުންފުންޏަށެވެ.

މި ލައިސަންސްގެ ދަށުން އެޗްޑީސީ އަށް ހުޅުމާލޭ ގައި މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ހިދުމަތް ފޯރުކޮށް ދޭ ފަރާތްތަކުގެ ބޭނުމަށް އެ އިންފްރާސްޓްރަކްޗާ ދޫކުރުމުގެ ހުއްދަ ލިބިދޭނެއެވެ. އެޗްޑީސީ ގެ އޯޕަން އެކްސެސް ނެޓްވޯކަކީ، މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލާފައިވާ ފަސޭހަ ނިޒާމެކެވެ. އެގޮތުން އެ ވިއުގައިގެ ތެރެއިން ދިރާގު، އުރީދޫ، މިޑިއާނެޓް އަދި އާރްއޯއެލްގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް ރަސްމީކޮށް އެޗްޑީސީ އާ ހަވާލުކޮށް ދެއްވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ. އެޗްޑީސީ ގެ ފަރާތުން ލައިސަންސް އާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ރާއްޖޭގައި ގާއިމު ކުރި ފުރަތަމަ އޯޕެން އެކްސެސް ވިއުގައަށް ވާތީ އެ މަސައްކަތް ކުރުމުގެ ހުއްދަ މީގެކުރިން އެ ކޯޕަރޭޝަނަށް ވަނީ ދީފައެވެ. އެޗްޑީސީ އަށް ރަސްމީ ސިފައެއްގައި ލައިސަންސް ދީފައިވަނީ ވިއުގަ އަށް މުވާސަލާތީ ހިދުމަތް ފޯރުކޮށް ދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، ވިއުގަ މެދުވެރިކޮށް ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާތީ ކަން ކޭމް އިން ފާހަގަކުރެއެވެ.

your imageލައިސަންސް ދޫކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އާތިފް ވާހަކަ ދައްކަވަނީ. ފޮޓޯ:އެޗްޑީސީ 

އެޗްޑީސީން ވަނީ ކާމިޔާބުކަމާ އެކު ހުޅުމާލޭ ގެ ދެވަނަ ފިޔަވަހީ ގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބަ ޓު ދަ ހޯމް) ގެ ހިދުމަތް ދޭން ފަށާފައެވެ. މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެ ވިއުގަ މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އެޗްޑީސީން ދެކޭ ގޮތުގައި މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ. އަދި މި ވިއުގައިގެ ސަބަބުން މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާ އެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް