ads
މައިހުޅުމާލެ "ބޯޅަފޯރި" ގައި ފައިނަލް މެޗަށް ބޮޑު ހަދިޔާތަކެއް
ފީފާ ވޯލްޑް ކަޕް ގެ މެޗްތައް އާންމުންނަށް ދެއްކުމަށް އެންމެ ބޮޑު ލެޑް ޕެނަލް އާއެކު ކުރިއަށް ގެންދާ މައިހުޅުމާލެ "ބޯޅަ ފޯރި" ގައި ވޯލްޑް ކަޕް ގެ ފައިނަލް މެޗު ބަލަންދާ ފަރާތްތަކަށް އަގު ހުރި ހަދިޔާތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.
Advertisement

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މީޑިއާ ނެޓް ގުޅިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި މެޗް ބަލަން ދާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ފަސް ފަރާތަކަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ގެ މެޗުތައް ހުޅުމާލޭ ގައި ދެއްކުމުގެ ގޮތުން މައިހުޅުމާލެ "ބޯޅަފޯރި"ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލޭ ގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީން ބަހައްޓާފައެވެ. 

ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް ދޭއް ހިޔާ ސަރަހައްދު ގައި ބޮޑު ސްކްރީނުން މެޗުތައް ބެލުމުގެ އިންތިޒާމް އެ ކޯޕަރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ.

އެ ކޯޕަރޭޝަނުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް