ads
މޮރޮކޯގެ ސަޕޯޓަރުން
ސެމީ ފައިނަލް ބަލަން ދާ މޮރޮކޯ ސަޕޯޓަރުންނަށް ގަތަރުން ހުރަސްއަޅައިފި
މޮރޮކޯގެ ގައިމީ ފުޓުބޯޅަ ޓީމު ވޯލްޑް ކަޕް ސެމީ ފައިނަލްގައި ފްރާންސްއާއި ބައްދަލުކުރާއިރު އެ ގައުމުން ސަޕޯޓަރުން ގެންނަން މޮރޮކޯއިން ގަތަރަށް ދާން ކަނަޑައެޅި 14 ފްލައިޓް ގަތަރުން ހުރަސް އެޅުމުގެ ސަބަބުން ކެންސަލް ކުރަން ޖެހިއްޖެއެވެ.
Advertisement

މޮރޮކޯގެ ގައިމީ އެއާލައިން، ރޯޔަލް އެއާ މޮރޮކޯ އިން ބުނެފައިވަނީ ސެމީ ފައިނަލް ބަލަން ގަތަރަށް ދާން ހުރި ފްލައިޓުތައް ކެންސަލް ކުރީ ގަތަރުގެ ޕޮލިސީއަށް ކުއްލިއަކަށް އައި ބަދަލަކާ ގުޅިގެން ކަމަށެވެ. 

ފްލައިޓްތައް ކެންސަލް ކުރުމުން ސެމީ ފައިނަލް މެޗު ބަލަން ޓިކެޓު ނަގާފައިވާ އެތައް ބަޔަކަށް ވަނީލަނޑު ލިބިފައެވެ. އަދި ހޮޓާތައް ބުކް ކުރި މީހުންނަށްވެސް ވަނީ ލަނޑު ލިބިފައެވެ. މޮރޯކޯ އެއާލައިން އިން ބުނީ ފްލައިޓް ޓިކެޓް ނެގި މީހުންގެ ފައިސާ އަލުން އަނބުރާ ދޭނެ ކަމަށެވެ. އަދި ގެއްލުން ލިބުނު ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދޭކަމަށް ގަތަރުގެ ގައުމީ އެއާލައިން އިން މިއަދު ވަނީ ބުނެފައެވެ. 

މޮރޮކޯއިން ފުރަން ތައްޔާރުވި 14 ފްލައިޓް ކެންސަލް ކުރި ނަމަވެސް، ގަތަރުން ހުރަސް އެޅުމުގެ ކުރިން ފުރި 16 ފްލައިޓެއް މިހާރު ވަނީ ގަތަރަށް ގޮސްފައެވެ. 

ގަތަރުން މޮރޮކޯ ސަޕޯޓަރުންނަށް ހުރަސް އެޅުމުން އެގައުމުގެ ގިނަ ބަޔަކު އަންނަނީ ގަތަރުގެ ސަރުކާރަށް ފާޑުކިޔަމުންނެވެ. 

your imageމޮރޮކޯ ޓީމު ސެލެބްރޭޓް ކުރަނީ

މޮރޮކޯ އާއި ފްރާންސް ސެމީ ފައިނަލުގައި ބައްދަލުކުރާ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ރާއްޖެގަޑިން މެންދަމު 00:00 ގައެވެ. 

މިއީ ވޯލްޑްކަޕްގެ ސެމީފައިނަލަށް މޮރޮކޯ ދިޔަ ފުރަތަމަ ފަހަރެވެ. އަދި ގިނަ މުސްލިމު ސަޕޯޓަރުން އަންނަނީ މޮރޮކޯއަށް ސަޕޯޓުކޮށް މޮރޮކޯ މޮޅުވުމަށް އެދި ދުއާ ވެސް ކުރަމުންނެެވެ.

މޮރޮކޯ ސެމީ ފައިނަލް އަށް ދިޔައީ ޕޯޗުގަލް އެކެއް ސުމެއްގެ ނަތީޖާއަކުން ކުއާޓާގައި ބަލިކޮށްގެނެވެ.

މިއީ އިސްލާމީ ގައުމެއް، އަރަބި ގައުމެއް އަދި އެފްރިކާ ގައުމެއް ވޯލްޑްކަޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

76%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް