ads
ދަގަނޑޭ ހިމެނޭހެން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން
މުޅި ސީޒަން ނުކުޅެ ހުރި ދަގަނޑޭ ހިމަނައިގެން ގައުމީ ޓީމް ބަލިވެއްޖެ
މުޅި ފުޓްބޯޅަ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ނުކުޅެ ހުރި ގައުމީ ޓީމުގެ ފޯވާޑު އަލީ އަޝްފާގު- ދަގަނޑޭ ހިމަނައިގެން ގައުމީ ޓީމު މެލޭޝިއާގައި ކުޅުނު އެކުވެރިކަމުގެ މެޗުން ބަލިވެއްޖެއެވެ.
Advertisement

މެލޭޝިއާގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ތިން ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަގަނޑޭވަނީ ކުޅެން އަރުވާފައެވެ. ދަގަނޑޭ ގައުމީ ޓީމުގައި ހިމަނައިގެން މިރޭ ކުޅުނު އިރު އޭނާ މިދިޔަ ފުޓްބޯޅަ ސީޒަންގައި ކުޅުނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ މެޗުގައި އެކަންޏެވެ. މުޅި ސީޒަންގައި ނުކުޅެ ހުރި ކުޅުންތެެރިއަކަށް އަލުން ގައުމީ ޓީމުން ފުރުސަތު ދިނީ ކީއްވެކަމެއް ނޭގެއެވެ. 

ގައުމީ ޓީމު މެލޭޝިއާގައި އަދި އިތުރު އެއް މެޗު ކުޅޭނެއެވެ. އެއީ ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗެކެވެ. 

މުޅީ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ނުކުޅެ ހުރި ދަގަނޑޭ ގައުމީ ޓީމުގައި ހިމެނިއިރު، 2018 ވަނަ އަހަރު މޮޅު ކުޅުމެއް މުޅި ސީޒަންގައި ކުޅުނު އިރު ދަގަނޑޭ ގައުމީ ޓީމުގައި ނުހިމެނުނު މައްސަލަ ބޮޑުވިއެވެ. އެހެންނަމަވެސް އެފްއޭއެމުން އެކަމުގައި މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް