ads
ބޮލީވުޑްގެ ބައެއް ތަރިން
މިއަހަރު އެންމެ ގިނައިން ގޫގުލް ކުރި ބޮލީވުޑުގެ 10 ތަރިން
މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ބޭނުން ކުރާ އެއް ސާޗު އިންޖީނަކީ ގޫގުލް އެެވެ.
Advertisement

 މިހެންކަމުން މިއަހަރު އެންމެ ގިނައިން ގޫގުލްގައި ހޯދި ބޮލީވުޑްގެ 10 ތަރިންނަށް އެންމެ ފުރަތަމަ ބަލައިލާނަމެވެ. 

މިގޮތުން މި ލިސްޓުގެ އެއްވަނައިގައި އުޅޭނީ ކެޓްރީނާ ކައިފް އެވެ. ލިސްޓުގެ ދެ ވަނައިގައި އާލިއާ ބަޓް އުޅޭއިރު ތިން ވަނައިގައި އޮތީ ސަލްމާން ހާނެވެ. އަދި ހަތަރު ވަނަ ހޯދީ ޝާހުރުކް ހާން އެވެ. ޕްރިޔަންކާ ޗޯޕްރާ ފަސް ވަނައިގައި އޮތް އިރު، ކަރީނާ ކަޕޫރު އޮތީ ހަ ވަނައިގަ އެެވެ. ކާޖަލް އަށް ހަތް ވަނަ އެވެ. އަށް ވަނަ އަކްޝޭ ކުމާރު ހޯދާފައިވާއިރު، ދިޕިކާ އޮތީ ނުވަ ވަނައިގަ އެވެ. 10 ވަަނަ އަކީ ރަންބީރު ކަޕޫރެވެ. 

މުޅި އޭޝިއާއިން އެންމެ ގިނަ ނަން ގޫގުލްކޮށްގެން ހޯދި މީހުންނަށް ބަލާއިރު ވެސް ގޫގުލްގައި އެންމެ ގިނައިން ހޯދި 10 މީހުންގެ ލިސްޓުގައި މީގެ ތެރެއިން ބައެއް ބޮލީވުޑްގެ ތަރިން ހިމެނެއެވެ. 

މިގޮތުން މުޅި އޭޝިއާގައި އެންމެ ގިނައިން ސާޗު ކުރި މީހަކީ ބީޓީއެސްގެ ކިމް ޓޭ-ހްޔުންގް (ވީ) އެވެ. ދެ ވަނައަށް މުޅި އޭޝިއާއިން ސާޗު ކުރީ ޖެއޮން ޖަންގް-ކޫކް އެވެ. ތިން ވަނަ އަށް މުޅި އޭޝިއާއިން ސާޗް ކުރި މީހަކީ އިންޑިއާގެ ކުރިކެޓު ޓީމުގެ ކުރީގެ ކެޕްޓަން ވިރާތު ކޯލީ އެވެ. ކެޓްރީނާ ކައިފް ތިން ވަނަ ހޯދާފައިވާއިރު މި ލިސްޓުން އާލިއާ ބަޓް އަށް ލިބުނީ ހަތަރު ވަނަ އެވެ. 

މި ލިސްޓުގެ ފަސް ވަނަ ހޯދާފައިވަނީ އިންޑިއާގެ ކުރިކެޓު ޓީމުގެ ކުރީގެ ކެޕްޓަން ވިރާތު ކޯލީ އެވެ. ހަ ވަނަ ވެސް ހޯދާފައިވަނީ ބީޓީއެސްގެ މެންބަރު ޕާކް ޖިމިން އެވެ. ހަތް ވަނައިގައި ސަލްމާން ހާން އޮތް އިރު އަށް ވަނަ އަށް އެންމެ ގިނައިން ގޫގުލް ގައި ހޯދި އޭޝިއާ މީހަކީ ލައިސާ މަނޯބަލް (ލީސާ) އެވެ. ނުވަ ވަނައިގައި ޝާހުރުކް ހާން އޮތް އިރު 10 ވަނަ އަކީ ޕްރިޔަންކާ ޗޯޕްރާއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް