ads
ރޭގެ މެޗުގައި އޮލިވިއޭ ޖިރޫ ގޯލު ޖެހގުމަށް ފަހު އުފާ ފާޅު ކުރަނީ.؛- ފޮޓޯ އިންޓަ ނެޓް
މޮރޮކޯ ބަލިކޮށް ފްރާންސް ފައިނަލަށް
ގަތަރު- ފީފާ ވޯލްޑް ކަޕް 2022 ގައި ރޭ ކުޅެވިގެން ދިޔަ ސެމީ ފައިނަލުގައި މެޗުން މޮރޮކޯ ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ފްރާންސް ފައިނަލަށް ދަތުރު ކޮށްފިއެވެ.

މެޗުގައި ފުރަތަމަ ގޯލު ފްރާންސްގެ ފަރާތުން ފެނިގެން ދިޔައީ މެޗު ފެށިގެން އެންމެ ފަސް މިނެޓު ވެސް ހަމަނުވަނީހެވެ. އަދި އެ ގޯލަކީ މި ވޯލްޑް ކަޕްގައި މޮރޮކޯގެ ކޮޅަށް އިދިކޮޅު ކުޅުންތެރިޔަކު ޖެހި ފުރަތަމަ ގޯލުވެސް މެއެވެ. އެގޯލު ފްރާންސް އަށް ކަމިޔާބު ކޮށްދިނީ ވާޓޮބެލް ތިއޯ ހެނާންޑޭޒް އެވެ. 

ފްރާންސްގެ ފަހު ގޯލު ޖެހީ 79 ވަނަ މިނިޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަންޑަލް ކޯލޯ މުއާނީ އެވެ. ކިލިއަން އެމްބާޕޭ އޭރިއާ ތެރެއިން ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ތަނަވަސް ކުރި ފުރުސަތެއްގައި އޭނާ މި ލަނޑު ޖެހީ، ކުޅެން އެރިތާ 44 ސިކުންތު ތެރޭގަ އެވެ.

މިއީ ފްރާންސް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރި ހަތަރު ވަނަ ފަހަރެވެ. ފައިނަލް ގައި އެ ޓީމު މިހާތަނަށް ބަލިވީ ހަމައެކަނި 2006 ވަނަ އަހަރު އިޓަލީ އަތުންނެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް ގައި ފްރާންސް ކުޅޭނީ، އާޖެންޓީނާއާ ދެކޮޅަށެވެ. ދެ ޓީމު ވެސް ވަނީ މިހާތަނަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ތިން ވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް މޮރޮކޯ ކުޅޭ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

your imageރޭގެ މެޗުގައި މޮރޮކޯ ކޮޅަށް ގޯލު ޖެހުމަށް ފަހު ތިއޯ ހެނާންދޭޒް އިފާ ފާޅުކުރަނީ


މިމެޗުގައި މޮރޮކޯ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން ރޯމިއަން ސައިސް ހުރީ މެޗި ފެށުނު އިރު ވެސް އަނިޔާގައެވެ. ނަމަވެސް މޮރޮކޯގެ ކޯޗު ވަނީ އޭނާ އަށް ފުރަތަމަ އެގާރައިން ޖާގަދީ ކުޅެން އަރުވާފައެވެ. ނަތީޖާއަކަށްވީ މެޗުގެ 20 ވަނަ މިނެޓުގައި ސައިސް އަށް އިތުރަށް ކުޅުމަށް ދަތިވެ ރިޕްލޭސް ކުރަން ޖެހުމެވެ. ސައިސް އަކީ މޮރޮކޯ ޓީމުގެ އިތުރުން އިންގްލިޝް ޕްރިމިއާ ލީގުގެ  ވޯލްވްސް ހެމްޓަން ގެ ވެސް ކެޕްޓަން އެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ފްރާންސް އަށް އެކެއް ސުމެއްގެ ލީޑެއް ލިބުމާ އެކު އެކަން ވެގެން ދިޔައީ މޮރޮކޯގެ ޑިފެންސަށް އިތުރަށް ބާރު ބޮޑުކުރަށް ފްރާންސަށް ލިބިގެންދިޔަ އެޑުވާން ޓޭޖަކަށެވެ. އެހެން ނަމަވެސް މޮރޮކޯއިން ވަނީ މަޑުމަޑުން ކުޅުން ރަނގަޅު ކޮށް ފްރާންސް ގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން މޮރޮކޯގެ އައްޒެދީން އޮނާހީ އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ، ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ އިތުރުން މޮރޮކޯގެ ހަކީމް ޒިޔެޝް ނެގި ކޯނަރަކުން ލިބުނު ފުރުސަތެއްގައި ޑިފެންޑަރު ޖަވާދު އަލްޔަމީގު އޯވާހެޑަކުން ރީތި ހަމަލާއެއް ފޮނުވާލިއިރު އެ ބޯޅަ ވެސް ކީޕަރު ލޮރިސް ވަނީ ދިފާއު ކޮށްފަ އެވެ.

ފްރާންސްގެ ފަހު ގޯލު ޖެހީ 79 ވަނަ މިނިޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަންޑަލް ކޯލޯ މުއާނީ އެވެ. މި ލަނޑު ޖެހުމަށް އޭނާ އަށް އެސިސްޓް ކޮށް ދިނީ  ކިލިއަން އެމްބާޕޭ އެވެ. މުއާނީ މި ލަނޑު ކާމިޔާބު ކުރީ ކުޅެން އެރިތާ އެނމެ 44 ސިކުންތު ތެރޭގައެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް ގައި ފްރާންސް ކުޅޭނީ، އާޖެންޓީނާއާ ދެކޮޅަށެވެ. މިއާ އެކު މި ފަހަރުގެ ވޯލްޑްކަޕް ވެގެންދާނީ ކޮންމެސް އެއްގައުމެގެ ޖާޒީ އަށް 3 ތަރިއަރައިގެން ދާނޭ ފަހަރަކަށެވެ. ސަބަބަކީ ދެ ޓީމު ވެސް ވަނީ މިހާތަނަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް