ads
އޭޑީކޭ ހޮސްޕިޓަލު
އޭޑީކޭގެ ހިދުމަތްތަކުގެ އަގު 100 އިންސައްތަ ބޮޑުކޮށްފި
އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ބައެއް ހިދުމަތްތަކުގެ އަގު 100 އިންސައްތަ އަށް ބޮޑުކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭޑީކޭގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށާއި، 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ މުދަލާއި ހިދުމަތުގެ އަގު ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ބޮޑު ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭޑީކޭގެ ހިންގުމުގެ ހަރަދުތައްވެސް ބޮޑުވެފައިވާ ކަމަށް އޭޑީކޭއިން ބުންޏެވެ.

އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުން ބޮޑު އަގު މާދަމާ އިން ފެށިގެން ނަގަން ފަށާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުރިހާ ހިދުމަތަކުން 100 އިންސައްތަ އަގު ބޮޑު ކުރުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފަ އެވެ. އެގޮތުން، ސްޕެޝަލިސްޓަކަށް ދައްކަން ކުރިން 300 ރުފިޔާ ނެގި ނަމަވެސް ދެން ނަގާނީ 500 ރުފިޔާ އެވެ. 

މީގެ އިތުރުން ސުޕާ ޝްޕެޝަލިސްޓަކަށް މީގެ ކުރިން 500 ރުފިޔާ އިން ދެއްކޭ އިރު، ދެން ދެއްކޭނީ 700 ރުފިޔާ އަށެވެ.

ޖެނެރަލް ޑޮކްޓަރަކަށް ދައްކަން މީގެ ކުރިން އެ ހޮސްޕިޓަލުން 150 ރުފިޔާ ނަގާ އިރު، ދެން ޖެނެރަލް ޑޮކްޓަރަކަށް ދެއްކޭނީ 200 ރުފިޔާ ދެއްކުމުންނެވެ. މީގެ އިތުރުން ދަންވަރު އެ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދައްކާނަމަ 250 ރުފިޔާ ދެން ދައްކަން ޖެހޭނެ އެވެ. ކުރިން ދަންވަރު ދައްކާނަމަ ދައްކަންޖެހެނީ 150 ރުފިޔާ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައި ވާއިރު، އެ ހޮސްޕިޓަލަށް ދޫކޮށްފައިވާ 64،422 އަކަފޫޓުގެ ބިމާއި، ފަހުން ހޮސްޕިޓަލުގެ ޖާގަ ބޮޑުކުރުމަށް ދިން 900 އަކަފޫޓުގެ ބިމަށް ދައްކަން ޖެހެނީ، އަކަ ފޫޓަކަށް މަހަކު އެންމެ 11 ރުފިޔާ އެވެ. މުޅި ޖުމްލަ އެ ހޮސްޕިޓަލުން ދައްކަން ޖެހެނީ، މަހަކަށް 718،000 ރުފިޔާ އެވެ. 

އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުގެ ހިދުމަތުގެ އަގުތައް ބޮޑުވި ނަމަވެސް ވީހާވެސް ލުއި ގޮތަކަށް އެ ބަދަލުތައް ގެނައުމަށްޓަކައި އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް