ރައީސް ޞާލިޙްގެ ދެކަނބަލުން ގަތަރަށް ވަޑައިގެންނެވީ ގަތަރުގެ އަމީރު ޝެއިހު ތަމީމް ބިން ހަމަދު އައްޘާނީގެ ދަޢުވަތަކަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤަޠަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕް 2022ގެ ސެމީ ފައިނަލް މެޗްތައް ބައްލަވާލައްވާފައެވެ. މެޗު ކުޅެވެމުން ދިޔަ ވަގުތު ކޮމެންޓޭޓަރު ވެސް ވަނީ ބެސްޓް ޓޫރިސްޓް ޑެސްޓިނޭޝަން ގެ ގޮތުގައި ރާއްޖެ މަޝްހޫރު ވެފައި ވުމާއެކު ރައީސް ސޯލިހު؛ 'ޕްރެޒިޑެންޓް އޮފް މޯލްޑިވްސް' ސްޓޭޑިއަމްގައި އިންނެވިވާހަކަ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެކެވެ.