މަރު ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމެވިކަން ހާމަ ކުރެއްވީ އެ މަނިކުފާނުގެ ވަކީލުންގެ ފަރާތުން ރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
ޔާމީންގެ ފަރާތުން މިސްބާހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ނިންމީ ރިލްވާން ގެއްލުވާލި މައްސަލައިގައި ހިމެނޭ ތ. އޮމަދޫ، މުހައްމަދު މުނާޒް ޔާމީނާ ބައްދަލު ކުރެއްވި ކަމަށް، މަރު ކޮމިޝަންގެ ޕްރެސް ކޮންފަރެންސްގައި މިސްބާހު ވިދާޅުވުމާއި ގުޅިގެންނެވެ.
ރިލްވާން މަރަން ކަންތައް ކުރި ގޮތާއި ޝާމިލްވި މީހުން، އޭނާ ނުހިމެނޭ ގޮތަށް މުނާޒް ޔާމީނަށް ކިޔައި ދީފައިވާ ކަމަށް ތަހުގީގަށް ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ މުނާޒް ސީރިއާއަށް ފޮނުވީ ވެސް ޔާމީން ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އޭނާ މިހާރު ވަނީ ސީރިއާގައި ހަނގުރާމަ ކުރަނިކޮށް މަރުވެފައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;