ތައިމޫރުގެ އުފަން ދުވަހަކީ ޑިސެންބަރު ވިއްސެވެ. ނަމަވެސް އިއްޔެ އުފަން ދުވަސް ފާހަގަކޮށް އެ ފޮޓޯތައް ކަރީނާ ވަނީ މީސްމީޑިއާއަށް ދޫކޮށްލާފައެވެ.
މި އަހަރު ތައިމޫރަށް ފުރޭނީ ހަ އަހަރެވެ.
ތައިމޫރުގެ އުފަންދުވަހުގެ ޕާޓީ ބޭއްވީ ސްޓާ ވާޒް ތީމްއަކަށެވެ. ތައިމޫރު ވެސް ހުރީ ސްޓާ ވާޒް ލޯގޯ ޖަހާފައި ހުރި ހުދު ޓީޝާޓެއް ލައިގެންނެވެ.
ތައިމޫރުގެ އުފަން ދުވަހުގެ ހުގެ ބެނާގައި ލިޔެފައިވަނީ 'ޖެޑީ ޓައި' އެވެ.
ކަރީނާ ވަނީ ތައިމޫރު ސްލައިޑެއްގައި ތިރިއަށް ފައިބާ ފޮޓޯވެސް އިންޓަ ގްރާމަށް ލާފައެވެ.
"ޕާޓީ ހިޓްވިކަން ޔަގީީން، މިއީ ޖެޑީ ޓިމް،" ކަރީނާ ލިޔެފައިވެއެވެ.
ކަރީނާގެ ފޮޓޯއަށް މަލައިކާ އަރޯރާ ވެސް ހާޓް ރިއެކްޓު ކޮށްފައެވެ. އޭގެ އިތުރުން ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރު ވެސް ވަނީ ހާޓް ރިއެކްޓު ކޮށްފައެވެ.