
ފީފާ ވޯލްޑް ކަޕް ފައިނަލްގައި ވާދަކުރަނީ ފްރާން އަދި އާޖެންޓީނާ
ފައިނަލް މެޗުގެ ޓިކެޓްގެ އަގު ހަތަރު ހާސް ޑޮލަރަށް އަރައިފި
ފާތިމަތު އަހްމަދު ޝަރީފް
16 ޑިސެމްބަރ 2022 - 12:37:27
ފީފާ ވޯލްޑް ކަޕް 2022 ގަތަރުގައި އޮންނަ ފައިނަލް މެޗުގެ ޓިކެޓްގެ އަގު ހަތަރު ހާސް ޑޮލަރަށް އަރައިފި އެވެ.
މިމަހުގެ 18 ވަނަ ދުވަހު އޮންނަ ވޯލްޑް ކަޕް ފައިނަލް މެޗުގެ ޓިކެޓްތައް ވިއްކަން ރަސްމީކޮށް ނިންމާފައިވަނީ 600 ޑޮލަރަށް ޓިކެޓެއްގެ ރޭޓްގަ އެވެ.
ނަމަވެސް މެޗުގެ ޓިކެޓްތައް ހުސްވެ، ކަޅު ބާޒާރުގައި ޓިކެޓްގެ އަގު ވަނީ 3000 ޑޮލަރާއި 4000 ޑޮލަރާއި ދޭތެރޭ އަގުތަކަށް އަރާފަ އެވެ.
އެކަމާއި ގުޅިގެން އާޖެންޓީނާގެ ބައެއް ސަޕޯޓަރުން ވަނީ ގަތަރުގައި ހުންނަ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މުވައްޒަފުން ތިބޭ ހޮޓަލު ކައިރިއަށް އެއްވެ ޓިކެޓްގެ އަގުތައް ފީފާ އިން އޮފިޝަލްކޮށް ކަނޑައަޅައިފައިވާ އަގުތަކަށް ދަށް ކުރުމަށް ގޮވާލާފަ އެވެ.
ވޯލްޑް ކަޕް ޓިކެޓްްތައް ރަސްމީކޮށް ވިއްކަމުން ދަނީ ފީފާގެ ވެބްސައިޓުންނާއި ގަތަރު ހުންނަ ދޯހާ އެކްޒަބިޝަން އެން ކޮންވެންޝަން ސެންޓަރުންނެވެ.
38%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް