ads
ފޮޓޯ:ޒަކާތް ދައްކަނީ
މާލެ ސިޓީގައި ދިރިއުޅޭ ފަގީރުން ރަޖިސްޓަރީވާން ހުޅުވާލައިފި
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލޭސިޓީން (މާލެ،ހުޅުމާލެ، ވިލިމާލެ) ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މޭލެ ސިޓީން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައި ވާކަމަށެވެ. 

މި ދަފްތަރުގައި ޖެހެން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރުމަށްފަހު ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށާއި، ފޯމު ބަލައިގަތުން ކުރިއަށް ދާނީ މިނިސްޓްރީގައި އެކަމަށް ހާއްސަ ކުރެވިފައިވާ ކައުންޓަރުން ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. 

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، 2022 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މިވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުން ކަމަށާއި، އެހެން ކަމުން އެ ފަރާތްތަކުން އަލަށް ރަޖިސްޓްރީ ވާން ނުޖެހޭނެ ކަމަށެވެ. 

"އެހެން ނަމަވެސް އެ އާއިލާތަކުގައި ވެސް އަންނަ މަހުގެ 19 އަށް 18 އަހަރު ފުރޭ ކުއްޖަކު ހުރި ނަމަ ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެ." މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

މި ދަފްތަރުގައި ޖެހެން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުން މިނިސްޓްރީގެ ކައުންޓަރުގެ އިތުރުން އެ މިނިސްޓްރީގެ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް