ads
ފީފާގެ ރައީސް އިންފަންޓީނޯ ކްލަބް ވޯލްޑް ކަޕްގެ ޓްރޮފީ ހިފައިގެން ؛- ފޮޓޯ އިންޓަ ނެޓް
އާ ފޯމެޓަކަށް ކްލަބް ވޯލްޑް ކަޕް ބާއްވަން ނިންމައިފި
ފީފާއިން މިހާރު ބާއްވަމުން އަންނަ ކްލަބު ވޯލްޑް ކަޕް، ވޯލްޑް ކަޕްގެ ފޯމެޓަށް، ބަދަލު ކުރަން ނިންމާ އެކަން މިއަދު ފީފާއިން އިއުލާނުކޮށްފި އެވެ.
Advertisement

ގަތަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ މިއަދު އިއުލާން ކުރިގޮތުގައި އާ ފޯމެޓަކަށް ކްލަބު ވޯލްޑް ކަޕް ބާއްވާނީ 2025 ވަނަ އަހަރު އެވެ. އެ މުބާރާތުގައި 32 ކްލަބެއް ފެންނާނެ ކަމަށާއި އެއާއެކު ވިމެންސް ކްލަބު ވޯލްޑް ކަޕެއް ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވި އެވެ.

"ކްލ؛ަބް ވޯލްޑް ކަޕްގެ ފޯމެޓަށް މިއައި ބަދަލާއެކު ގައުމުތަކުގެ މެދުގައި މި ބޭއްވޭ ވޯލްޑު ކަޕް ކަހަލަ މުބާރާތަކަށް އެ މުބާރާތް ވެސް ވެގެން ދާނީ. 32 ޓީމަކުން ވާދަ ކުރާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

އޭގެ އިތުރުން ފީފާއިން މިއަދު އިއުލާން ކުރިގޮތުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ހަތަރު ގައުމު ނުވަތަ އެއަށް ވުރެ އިތުރު ގައުމުތައް ވާދަކުރާ މިނީ މުބާރާތްތަކެއް ބޭއްވުމަށް ގަސްތު ކުރާ ކަމަށާއި އެ މުބާރާތް ބޭއްވުމަށް ވިސްނަނީ މާޗު މަހު ތެރޭގައި ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވި އެވެ. 

މީގެ ކުރިން އޮންނަ އުސޫލުން ކްލަބު ވޯލްޑް ކަޕްގައި ވާދަކު ރަނީ ބައްރުތަކުގެ ޗެމްޕިއަނުން އެކަންޏެވެ. އެ މުބާރާތް ކޮންމެ އަހަރަކު މިހާރު ބާއްވަމުންދާ އިރު، އަލަށް 2025 ގައި ބާއްވާ ކްލަބު ވޯލްޑް ކަޕަށް ޓީމުތައް ކޮލިފައިވާ އުސޫލު އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އިންފަންޓީނޯ ވިދާޅުވީ ފުޓުބޯޅަައިގައި ދުނިޔޭގެ ޝާމިލުވުން ބޮޑުވަމުންދާކަން މި ވޯލްޑް ކަޕުން ވެސް ފާހަގަވަމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހަމަހަމަ ފުރުސަތުތައް ދޭން އިތުރު މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ގަތަރުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންފަންޓީނޯ ވަނީ ވޯލްޑް ކަޕް 2022 އަކީ އެނމެ މަސްލަހަތު ރަނގަޅު ވޯލްޑް ކަޕްގެ ގޮތުގއި ސިފަ ކުރައްވައި، ގަތަރުގެ އިންތިޒާމުތަކަށް ތައުރީފު ކުރައްވާފައެވެ.

your imageއެނމެ ފަހުގެ ކްލަބް ވޯލްޑް ކަޕްގެ ޗެންޕިއަން ޗެލްސީ؛- ފޮޓޯޓަނެޓް

އެނމެ ފަހުން ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ޗެލްސީ އިންނެވެ.

70%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް