
އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ. އެ ކުއްޖާ ގެއްލުނީ، އިންޓޯލް ގަޑިއަށް ކިޔެވުން މެދުކަނޑާލުމަށް ފަހު އަލުން ކިޔެވުން ފެށި އިރުވެސް ކުއްޖާ ކުލާހަށް ހާޒިރުނުވުމުންނެވެ.
ކުއްޖާ ގެއްލިގެން އެކުއްޖާގެ އާއިލާ އަށް ސުކޫލުން އެންގުމުން ފުލުހަށް މައްސަލަ ހުށަހެޅީ އެކުއްޖާގެ އާއިލާއިން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކުއްޖާ ފެނުނީ، އެކުއްޖާ ކިޔަވަމުން ދިޔަ ސުކޫލް ކައިރީ ހުރި ކޯރެއްގެ ތެރޭ މަރުވެފައި އޮތްވަ އެވެ.
މިކަމާއި ގުޅިގެން އެ ސަރަހައްދުގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އެ ކުއްޖާ މަރުވެފައި އޮތްވާ ފެނުނު އިރު ކުއްޖާގެ ހަށިގަނޑުން ގިނަ ޒަހަމް ތަކެއް ފެންނަން ހުރި ކަމަށާއި، މިހާތަނަށް ބެލި ބެލުމުން ކުއްޖާ އަށް ޖިންސީ ގޯނާ ކޮށް އެ ކުއްޖާ މަރާލީ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ކުއްޖާ މަރުވީ ސީދާ ކޮން ސަބަބަކާއި ހުރެކަން ބުނަން އެނގޭނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
އެ މައްސަލަ އެ ސަރަހައްދުގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެ އެވެ.