ސެޕްޓެމްބަރު 2014 ގައި ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވި އޭނާގެ އިރުޝާދުގެ ދަށުން ޕޯޗުގަލްއަށް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔޫއެފާ ނޭޝަން ލީގު ކާމިޔާބުކޮށް ދިން ކޯޗު މަގާމުން ވަކިކޮށް އެ މަގާމަށް ދެން ގެންނާނެ ކަމަށް ބެލެވެނީ ހޯޒޭ މޮރީނިއޯ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕޯޗުގަލްގެ ކޯޗު މަގާމުން ވަކިކުރިއިރު، ޕޯޗުގަލް އެންމެ ފަހުން ކުޅުނު ދެ މެޗުގެ ފުރަތަމަ އެގާރައިން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުސަތު ނުދިނުމުން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވިއެވެ. ވަކިން ހާއްސަކޮށް ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވިއިރު ފުރަތަމަ އެގާރައިން ރޮނާލްޑޯއަށް ފުރުސަތު ނުދިން މައްސަލަ މީޑިއާގައި ހޫނު މައުލޫއަކަށް ވިއެވެ.