ads
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޖެންޑާ މިނިސްޓަރު ކުޅުދުއްފުއްޓަށް ވަޑައިގެންފި
ޖެންޑާ މިނިސްޓަރު އައިޝަތް މުހައްމަދު ދީދީ ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

ދެ ދުވަހުގެ މި ދަތުރުގައި ޖެންޑާ މިނިސްޓަރު މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. 

ޖެންޑާ މިނިސްޓަރު ނޮޅިވަރަމަށް މި ވަޑައިގަންނަވަނީ، އެ ރަށުގައި ދާދިފަހުން، ދާދިފަހުން، ފިރިމީހާ، އޭނާގެ އަންހެނުންނަށް އަނިޔާކޮށް މަރާލިކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ދުވަސްވަރެއްގައެވެ. 

މި ދަތުރުގައި ޖެންޑާ މިނިސްޓަރާ އެކު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އަދި އެ މިނިސްޓްރީގެ އިސް ފަރާތްތަކެއްވެސް ކުޅުދުއްފުއްޓަށް ވަޑައިގެންފައިވެއެވެ.

ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުގައި، ކުޅުދުއްފުށި ސިޓީގެ ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.

މި ދަތުރު ނިންމާލެއްވުމަށްފަހު ޖެންޑާ މިނިސްޓަރު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް