ads
ޝާހު އަދި ދިޕިކާ
ޖިނާއީ ދައުވާއެއް ކުރަން އެދި ޝާހު އާއި ދިޕިކާގެ މައްސަލަ ސުޕްރީމް ކޯޓަށް
ބޮލީވުޑްގެ މެގަ ސްޓާ ޝާހުރުކް ހާން އާއި ދިޕިކާ ޕަޑްކޯން އާއި ދެކޮޅަށް އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
Advertisement

މި ދެ ތަރިންގެ މައްސަލަ ސުޕްރީމް ކޯޓަށް ލޯޔަރެއް ހުށަހެޅީ، އެމީހުން ކުޅެފައިވާ ފިލްމު 'ޕަތާން' ގެ ޕްރޮމޯޝަނަށް ނެރުނު ލަވައެއް ކަމަށްވާ 'ބޭޝަރަމް ރަންގު' ގައި ދިޕިކާ ހެދުން އަޅާފައިވާ ގޮތުންނާއި ހެދުމުގައި ބޭނުންކޮށްފައިވާ ކުލައިގެ ސަބަބުން ހިންދޫ ދީނުގެ މީހުންނަށް ފުރައްސާރަ ވާކަމަށް ބުނެއެވެ. 

ޒެފްރަން ކުލައިގެ ހެދުމެއް ލައެން ދިޕިކާ އެ ލަވައިގެ މަންޒަރެއްްގައި އުޅޭއިރު، އެ ކުލައަކީ ހިންދޫންނަށް މާތް ކުލައެއް ކަމަށް މައްސަލަ ހުށަހެޅި ވަކީލު ވަނީ ބުނެފައެވެ. 

"“މި ލަވައަކީ ފާޙިޝް ލަވައެއް، އަދި ހިންދޫ ޝުޢޫރުތަކާ ޚިލާފު ލަވައެއް، ސަބަބަކީ ދީޕިކާ އަދި ޝާހްރުކް ހާންއާއެކު ޒެފްރަން ކުލައިގެ ބިކިނީ އާއި ސަރޮންގް ލައިގެން ހުރެގެން ބެޝަރަމް ރަންގް (ލަދުވެތިކަމެއް ނެތް ކުލަ) ކިޔާ ލަވައެއްގައި ޕާފޯމް ކުރަމުންދާތީ. ދީޕިކާ ޕަޑުކޯން އާއި ޝާހްރުކް ހާން ދީނީ މީހުންނަށް އަނިޔާކޮށްފައިވާތީ. ހިންދޫންގެ ޝުޢޫރުތަކަށް 'ބެޝްރަމް ރަންގް' ގައި އިންޒާރުދީ ޒެފަން ކުލަ ލައިގެން ފާޙިޝް ގޮތަކަށް ނަށާ ލަވައެވެއް. ރުޅިވެރި ގޮތަކަށް ހުށަހަޅައިދީފައިވާ ލަވައެއް،" ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

މައްސަލައިގައި ވަނީ ދިޕިކާ އަދި ޝާހު އާއި މެދު ޖިނާއީ ފިޔަވަޅެއް އަޅައި ދިނުމަށް ވެސް އެދިފައެވެ. އަދި އެ ލަވަ ބޭން ކުރުމަށް ވެސް ވަނީ މައްސަލައިގައި އެދިފައެވެ. 

your imageދީޕިކާ އަދި ޝާހުރުކް ހާން

ހިންދޫންގެ ހަރުކަށި ބައެއް އިސް ވެރިން އަންނަނީ ޝާހުގެ އެންމެ ފަހުގެ ފިލްމު 'ޕަތާން' އަޅުވާ ސިނަމާތަކުގައި ހުޅުޖެހުމަށް ވެސް ގޮވާލަމުންނެވެ. އަދި އިންޑިއާގެ ބައެއް ސަރަހައްދު ތަކުގައި ޝާހު އާއި ދެކޮޅަށް އަންނަނީ މުޒާހަރާ ކުރަމުންނެވެ. ބައެއް މީހުން ގެންދަނީ ޝަހުރުކް ހާންގެ ފޮޓޯ ވެސް އަންދަމުންނެވެ. 

your imageޝާހުގެ ފޮޓޯ ބަޔަކު އަންދާލަނީ: ފައިލް ފޮޓޯ

މިމަހު ކުރީކޮޅު ޝާހު ވަނީ ހިންދޫ ދީނުގެ އަޅުކަމެއް ވެސް އަދާކޮށްފައެވެ. ނަަމަވެސް އޭގެ ދުވަސްކޮޅެއް ކުރިން ޝާހު ވަނީ އުމްރާއެއް ވެސް ކޮށްފައެވެ. 

މައްސަލަ ހުށަހެޅި އިރު ޝާހު އާއި ދީޕިކާ މިވަގުތު ހުރީ ގަތަރުގައި ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ގޮހެވެ. އެ ރަސްމިއްޔާތުގައި ވެސް ޕަތާން ގެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. 

ޝާހު ވަނީ ދިޕިކާގެ ދިފާއުގައި ނުކުތުމަށް އެނާގެ ފޭނުންގެ ކިބައިން އެދިފައެވެ. 

59%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް