ads
ނޭމާ(ކ) އަދި ރިޗާލްސަން(ވ)
ރިޗާލްސަންގެ ޓެޓޫ ހަޑިކަމުން ރިމޫވްކުރަން 30،000 ޕައުންޑް ދީފި
ބްރެޒިލްގެ ފުޓްބޯޅަ ތަރި ރިޗާލްސަންގެ ބުރަކަށީގައި ޖެހި ނޭމާގެ ޓެޓޫ ހަޑިކަމުން ރިމޫވްކުރަން 30،000 ޕައުންޑް ނޭމާ ދީފި އެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ގަތަރުގައި އޮތް ފީފާ ވޯލްޑްކަޕް 2022ގެ ހަދާނެއްގެ ގޮތުގައި ރިޗާލް އޭނާގެ ބުރަކަށީގައި ޖެހި ނޭމާ، ރޮނާލްޑޯ އަދި އޭނާގެ އަމިއްލަ ސޫރަ ސިފަވާ ޓެޓޫއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ރިޗާލްސަން ޖެހި ޓެޓޫއަކީ ނޭމާއަށް އެހާ ކަމުދާ އެއްޗަކަށް ނުވިއެވެ. އިނގިރޭސި މީޑިއާއެއް ކަމަށްވާ ޑެއިލާ ސްޓާއިން ރިޕޯޓްކުރާ ގޮތުގައި ނޭމާ ވަނީ އެ ޓެޓޫ ރިމޫވްކުރުމަށް 30،000 ޕައުންޑް ދޭނެ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ޓޮޓެންހަމްއަށް ކުޅޭ ރިޗާލްސަންއަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އެއަށްވުރެ ހަޑި ޓެޓޫއެއް އެމީހުން ނުދެކެއެވެ.

your imageރިޗާލްސަން ބުރަކަށީގައި ޖެހި ޓެޓޫ—

“ޓެޓޫ ވަރަަށް ހަޑި، އެކަމަކު އޭގެތެރެއިން ނޭމާ ވަކިން ހަޑި.” ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

ރިޗާލްސަން ވަނީ ނިމިދިޔަ ވޯލްޑްކަޕްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ރިޗާލްސަން ވަނީ ބްރެޒިލްއަށް ތިން ގޯލް ޖަހައިދީފަ އެވެ. 

77%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް