ads
ރޯކޮށްލި ޖަގަހަ
ކެމްޕެއިން ޖަގަހައިގައި ހުޅުޖެހި މީހާގެ ބަންދު އިތުރުކޮށްފި
ނިމިދިޔަ އާއްމު އިންތިހާބުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ކެމްޕެއިން ޖަގަހައެއްގައި ހުޅުޖަހައި ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތު އިތުރުކޮށްފި އެވެ.

ހދ. ކުޅުދުއްފުށީ ކެމްޕެއިން ޖަގަހައެއްގައި ހުޅުޖަހައި ގެއްލުން ދިން މައްސަލައެއްގައި ހައްޔަރުކުރި މީހާ އަތުލައިގަތީ ފިލަންވެގެން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައެވެ. އެއީ މިދިޔަ މަހު 16 ގައި، ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންވަރު މުހައްމަދު، 31، އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކަށް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.

އަންވަރު ރޯކޮށްލާފައި ވަނީ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާ އަށް ވާދަކުރި ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. ކުރިން އޭނާ ބަންދު ކުރީ 10 ދުވަހަށެވެ. މިއަދު އަލުން ކޯޓަށް ހާޒިރު ކުރީ އެ މުއްދަތު ހަމަވުމުންވެ.

މި މައްސަލައިގައި ފުލުހުން ކުރިން ބުނެފައިވަނީ އަންވަރު ފުރަން އެއާޕޯޓަށް ގޮސް ހުރީ ހާޒިރުވުމަށް ޗިޓް ފޮނުވުމުން ވެސް ހާޒިރު ނުވެ ހުރުމަށް ފަހު ކަމަށެވެ. އޭނާ ހައްޔަރު ކުރީ ވެސް ފިލަން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. ނަމަވެސް ދިފާއުގައި އަންވަރު ބުނެފައި ވަނީ އޭނާ ރަށުން ދިޔައީ ފިލައިގެން ނޫން ކަމަށާއި ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދައްކަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް