ads
އެޗްޑީސީ އަދި މީޑިއާ ނެޓުން މިކަން އިއުލާން ކޮށް ނެރުނު ޕޯސްޓަރު؛ ފޮޓޯ މީޑިއާ ނެޓް
މިރޭ ހުޅުމާލެ އަށް މެޗު ގޮސްގެން 5000 ރުފިޔާ ލިބިދާނެ!
މިރޭ އޮންނަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަންދާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ތައާރަފު ކޮށްފި އެވެ.

މި ފުރުސަތު އޮތީ ހުޅުމާލޭގައި އެ ކުންފުނިން ބަހައްޓާފައިވާ ބޮޑު ސްކްރީން އިން މެޗު ބަލަންދާ ފަރާތްތަކަށެވެ. އެތަނަށް މެޗު ބަލަންދާ ފަރާތްތަކުގެ މެދުގަައި ވިޒިޓް އެންޑް ވިން އޮފާގެ ނަމުގައި މިރޭގެ ގުރުއަތު ނަގާނެ އެވެ. އަދި ގުރުއަތުން ހޮވޭ ފަސް މީހަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ލަކީޑްރޯ އަކީ އެޗްޑީސީއާއި މީޑިއާ ނެޓް ގުޅިގެން ކުރިއަށްގެންދާ ލަކީޑްރޯއެކެވެ. ވޯލްޑް ކަޕާއި ގުޅިގެން އެޗްޑީސީން އަދި މީޑިއާ ނެޓުން ވެސް ވަނީ ވަރަށް ގިނަ ހަރަކާތް ތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން ހުޅުމާލޭގައި ސްކްރީން ބެހެއްޓުމާއި ކުޑަކުދިންގެ ހަވީރެއް ބޭއްވުން ހިމެނެ އެވެ.

އޭގެ އިތުރުން ކޮންމެ މެޗަކާއި ގުޅިގެން އެޗްޑީސީގެ ސޯޝަލް މީޑިއާގައި ވަނީ ސްކޯ ދިމާ ކުރުމުގެ ކުއިޒް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް