ads
ކޮތަޅު----
އެޕްރީލް 18 އިން ފެށިގެން ކޮތަޅަށް 2 ރުފިޔާ ދޭން ޖެހޭ ގޮތަށް ބިލު ތަސްދީގުކޮށްފި
އަންނަ 2023 ވަނަ އަހަރުގެ އެޕްރީލް 18 އިން ފެށިގެން ވިޔަފާރި މުއާމަލާތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން އަގު ނަގާގޮތަށް ”ކުނި މެނޭޖުކުރުމުގެ ބިލު“ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވިޔަފާރި ކުރުމުން ފިހާރަތަކުން އާއްމުންނަށް މިހާރު ހިލޭ ދެމުންދާ ޕްލާސްޓިކް ކޮތަޅުން "ލެވީ" ނަގަން ނުވަތަ ކޮތަޅު ގަންނަން މަޖުބޫރުވާ ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޝިދު އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު މިއަދު ރައީސް ސޯލިހް ތަސްދީގުކުރެއްވުމުން، މިއަދުން ފެށިގެން ހަތަރު މަސްދުވަސްތެރޭ ފިހާރަތަކުން ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާނަމަ އެ ކޮތަޅުގެ އަގުގެ ގޮތުގައި ދެ ރުފިޔާ ނަގަން ފަށާނެ އެވެ. 

ޕްލާސްޓިކް ކުނި މެނޭޖް ކުރުމުގެ ބިލުގެ 33 ވަނަ ބާބުގައި ވަނީ "ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން" މި މާއްދާގައި ބުނަނީ ވިޔަފާރި ހަރަކާތަކުން  ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް އެ ކަސްޓަމަރެއްގެ އަތުން ލެވީގެ ގޮތުގައި ދެ ރުފިޔާ ނަގަންވާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަަށް ފިހާރަތަކުން ދޭ ރަސީދުގައި ކަސްޓަމަރުން އަތުން ކޮތަޅަށް ނެގި މިންވަރު އެގޭނެހެން ވަކިން ބަޔާންކޮށްފައި އޮންނަން ވާނެ ކަަމަށެވެ.

މީގެ އިތުރުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފަރާތިތަކުން އާއްމުންގެ އަތުން ކޮތަޅަށް ނަގާ ފީ މީރާއަށް ދެއްކުން މިގާނޫނޫން ލާޒިމުކުރެއެވެ.

މި ބިލުގައި ވާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފިހާރަތަކާއި ވިޔަފާރިތަކުގައި ކޮތަޅުން ފީ ނަގަން ފަށަން ޖެހޭއިރު، އޭގެފަހުން، ފިހާރަތަކުންނާއި ވިޔަފާރިތަކުން ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅު ހިލޭ ދޭނަމަ އެފަރާތެއް ނުވަތަ އެ ވިޔަފާރިއެއް 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ބިލުގައި ވެއެވެ.

ގާނޫނުގައި ފީ ނުނެގޭނެ، ނުވަތަ އެ ފީ އިން އިސްތިސްނާވާނެ ހާލަތްތަކެއް ބަޔާންކޮށްފައިވެއެވެ. އެއީ:

  1. ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު
  2. ބަންދު ނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅު
  3. ބަންދު ނުކޮށް ހުންނަ، ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުން ކުރާ ކޮތަޅު
  4. 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
  5. ކުނި މެނޭޖް ކުރާ ފަރާތްތަކަށް، ނުވަަތަ އެފަދަ ހިދުމަތް ދޭ ތަނަކަށް ވިއްކާ، ޑަސްބިނަށް ލައްވާ ބޮޑެތި ކަޅު ކޮތަޅު
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް