ads
2019 ވަނަ އަހަރު އީދު ސަލާމް ކުރުމުގެ ތެރެއިން، ކުޑަކުއްޖަކާއިއެކު ރައީސް ސޯލިހް ފޮޓޯއަކަށް ހުއްޓިލައިގެން——ފޮޓޯ: ރައީސް އޮފީސް
ދަރިފުޅު އުފަންވާތާ 7 ދުވަސްތެރޭ ރަޖިސްޓްރީ ނުކޮށްފިނަ ދެން 15،000 ރުފިޔާގެ ޖޫރިމަނާއެއް!
ފޫޅުމައި ފޯމު ފުރާ މައުލޫމާތު ފޯމު ހުށަހަޅަންޖެހޭނީ ކުއްޖާ އުފަންވާ ސިއްހީ މަރުކަޒުން
އަލަށް އުފަންވާ ކުދިން ހަތް ދުވަސްތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ 5000 އާއި 15،000 ދެމެދުގެ އަދަދަކުން ޖޫރިމަނާ ވާގޮތަށް، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު ތަސްދީގުކުރައްވައިފި އެވެ.

މި ބިލު މިއަދު ރައީސް ތަސްދީގުކުރެއްވުމާއިއެކު ގާނޫނަށް އަމަލުކުރަން މިއަދު ފަށާފައިވާއިރު، އެކަމަށް ހަދަންޖެހޭ ގަވާއިދުތައް ހަ މަސް ދުވަސްތެރޭ ހަދައި ނިންމަންޖެހެ އެވެ.  

މި ބިލަކީ، މިދިޔަ ނޮވެމްބަރު 28 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ބިލުގައި ހިމެނެނީ:

  • ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް
  • ދިވެހިރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތައް
  • ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް 

މި ގާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ 5000 އާއި 15،000 ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ. 

މި ގާނޫނުގައި ވަނީ، ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި އުފަންވި ދިވެހި ކޮންމެ ކުއްޖަކު ވެސް ގާނޫނީ ހަމަތަކުގެ މަތީން ލަސްނުކޮށް ރަޖިސްޓްރީކުރުން އެކުއްޖެއްގެ މައިންބަފައިންނަށް ލާޒިމުކޮށްފައެވެ. 

މި ގާނޫނު ބުނާގޮތުން، ރާއްޖޭގައި އުފަންވާ ކުއްޖެއްނަމަ ހަތް ދުވަސްތެރޭ ރަޖިސްޓްރީކުރަން ހުށަހަޅަން ވާނެ އެވެ. އަދި ރާއްޖޭން ބޭރުގައި އުފަންވި ނަމަ އެބުރި ރާއްޖެ އަންނަތާ ހަތްދުވަސްތެރޭ ރަޖިސްޓްރީއަށް ހުށަހަޅަން ވާނެ އެވެ. 

ފޫޅުމައި ފޯމު ފުރާ މައުލޫމާތު ފޯމު ހުށަހަޅަންޖެހޭނީ ކުއްޖާ އުފަންވާ ސިއްހީ މަރުކަޒަކުން

ކުއްޖާގެ ރަޖިސްޓްރީއަށް އެދި ހުށަހަޅާނީ، އެކުއްޖަކު އުފަންވާ ރަށް ނުވަތަ ސިޓީގެ ކައުންސިލަށެވެ. ރަޖިސްޓްރީ ކުރަން ހުށަހެޅި ކަމުގައި ބަލާނީ، ފޫޅުމައި ފޯމު ފުރިހަމަކޮށްފައި ހުށަހެޅުމުން ނެވެ. ގާނޫނު ބުނާގޮތުން ފޫޅުމައި ފޯމު ފުރިހަމަކުރާނީ އެކުއްޖަކު އުފަންވާ ސިއްހީ މަރުކަޒަކުން، ވިއްސުމުގައި ހަރަކާތްތެރިވި ސިއްހީ ހިދުމަތްތެރި އެކެވެ. އެ ފޯމު އެތަނެއްގެ ކައުންސިލަށް ހުށަހަޅަންވާނީވެސް އެ ސިއްހީ މަރުކަޒުން ނެވެ. 

އަދި ކައުންސިލަށް މައުލޫމާތު ފޯމު ހުށަހަޅާތާ ހަތް ދުވަސްތެރޭ ކުއްޖާ ރަޖިސްޓްރީ ކޮށްދޭންވެސް ޖެހޭނެ އެވެ.

ރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވަނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ގައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ.

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް