ads
ޖާވްނީ ކަޕޫރު ރާއްޖޭގައި
ޖާވްނީ ކަޕޫރުގެ މޭކަޕް ޓްރެންޑުގެ ހުވަފެން ހަގީގަތަކަށް ހެދީ ރާއްޖެއިން
އިންޑިއާގެ ބޮލީވުޑްގެ ތަރި ޖާވްނީ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ނިމުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް އޭނާ ރާއްޖެއިން ދިޔަ ނަމަވެސް އޭނާ ރާއްޖެ އައި ބޭނުން ހާމަވީ އޭނާ ތަފާތު ސްޓައިލް ތަކުގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކުރަން ފެށުމުންނެވެ.
Advertisement

އޭނާ ރާއްޖޭގައި ހުރެ ފަރިވި ސްޓައިލްތަކަށް އަންނަނީ ވަރަށް ހޫނު ތަރުހީބެއް ލިބެމުންނެވެ. އިންޑިއާގެ ނޫސްތަކާއި އޭނާގެ ފޭނުން ދަނީ މި ސްޓައިލްތަކުގެ ވާހަކަ ދައްކަމުންނެވެ. 

އޭނާ ސޯޝަލް މީޑިއާށް ދޫކޮށްލި އެއް ފޮޓޯއިން ފެންނަނީ ޖާންވީ ކަޕޫރު ލައިގެން ހުރި ސެކިއުން ސްކާފް ސްޓައިލްގެ ޓޮޕާއި ޑެނިމް ޝޯޓްސް އާއި އެކު ގްލިޓާ ޖަހާފައިވާ ބްރޯންޒް ޓޯން އެއް ލޮލަށް ގެނެސްފައިވާތަނެވެ. ކޯތާފަތުގައި ވިދާ ޓިންޓެއް ވަނީ ޖަހާފައެވެ. އިސްތަށިގަނޑުގެ ތެރެއިން ޕްލަމްޕް ޕަައުޓާއި ކާލްސް އިން ލުކެއް ވަނީ ދީފައެވެ. 

ޖާވްނީ ކަޕޫރުގެ މި ސްޓައިލަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުން ޖާވްނީ ކަޕޫރު މި ސްޓައިލް އަކީ ރާއްޖެއަށް އައިސް އޭނާގެ ޓްރެންޑީ ހުވަފެން ހަގީގަތަކަށް ހެދުމަށް އާންމު ކުރި ސްޓައިލެކެވެ. 

މީގެ އިތުރުން ވެސް ޖާވްނީ ކަަޕޫރު ވަނީ އޭނާގެ ބައެއް އެހެން ސްޓައިލްތައް ވެސް ރާއްޖެ އައިސް ދައްކާލާފައެވެ. އެގޮތުން ހުދު ހެދުމެއްގައި "މިލަ ހަނދުވަރެއްގެ ދަށުގައި" ކަމަށް ބުނެ އޭނާ އާންމު ކުރި ފޮޓޯ އިން ފެންނަނީ ކޮރަލް ބުލަޝްއެއް ކޯތާފަތަށް ދީފައިވާ ތަނެވެ. އަދި ކަންފަތުގައި ނޫކުލައިގެ އެއްޗެއް ލާފައި ހުރި އިރު، ތުންފަތާ ލޮލުގެ މަތީގައި ޖައްސާފައި ހުރީ މުށި ކުލައެކެވެ.

އޭނާގެ އިތުރު ސްޓައިލެއްގައި ޖާވްނީ ވަނީ ހަމައެކަނި ލޮލުގެ މަތީގައި ގްލޭމް މޭކަޕެއް ކޮށް މޫނުއެއްކޮށް ނެޗްރަލްކޮށް ދޫކޮށްލާފައެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް