ads
އާސަހަރާ ފޮޓޯ--- ވަގުތު
ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލަން ނާންގަން: ސިޓީ ކައުންސިލް
ކަށުނަމާދު ފޭސްބުކް ޕޭޖާއި، ވައިބާ ގުރޫޕު ހިންގުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފި ނުވާނެ ކަމަށް އެކައުންސިލުން މިއަދު ބުނެފި އެވެ.
Advertisement

ކަށުނަމާދު ފޭސްބުކް ޕޭޖަކީ، ނިޔާވާ މީހުންގެ ކަށުނަމާދުގެ މައުލޫމާތު އާއްމު ފަރާތްތަކަށް ގެނެސްދިނުމަށް ހިންގަމުން އަންނަ ޕޭޖެކެވެ. އެ ޕޭޖުގައި މިވަގުތާއި ހަމައަށް 70،606 މީހުން އެބަތިއްބެވެ. 

އެހެން ނަމަވެސް ސިޓީ ކައުންސިލުން ވަނީ، އެކަން ދޮގު ކޮށްފަ އެވެ. 

ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވަނީ، އެފަދަ އެއްވެސް އެންގުމެއް ސިޓީ ކައުންސިލްގެ އެއްވެސް އޮފިޝަލަކު އެ ޕޭޖު ހިންގާ ފަރާތަށް އަންގާފައި ނުވާނެ ކަމަށެވެ.

އެ ޕޭޖު ހިންގުން ހުއްޓާލުމަށް ސިޓީ ކައުންސިލުން އެންގުމާއި ގުޅިގެން އެ ޕޭޖު ހިންގަވަމުން ގެންދަވާ އަހުމަދު މުނައްވަރު މިއަދު "ސީއެންއެމް" އަށް ބުނީ، މިއަދު ކައުންސިލްގެ ސެކެރެޓްރީ ޖެނެރަލް އާއި އިތުރު ބައެއް މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ ޕޭޖު ނުހިންގޭނެ ކަމަށް ކައުންސިލްގެ އެސްޖީ އެންގެވި ކަމަށެވެ.

ކައުންސިލުގެ އެ އެންގުމަކީ ގާނޫނީ ބަރުދަނެއް ހުރި އެންގެވުމަކަށް ނުވާތީ، ކުރިއެކޭ އެއްގޮތަށް ޕޭޖް ހިންގާނެކަމަށް މުނައްވަރު ބުންޏެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ގާނޫނީގޮތުން ކައުންސިލަށް އެންގޭނެ ކަމެއް ކަމަކަށް. އަދި އަމިއްލަ ފަރުދަކަށް ނުކުރެވޭނެ ކަމެއް ކަމަށް ވެސް. އެހެންވީމަ އެފްބީ ޕޭޖު ވެސް ވައިބާ ގްރޫޕު ވެސް ހަމަ ކުރިއަށް ގެންދާނަން. ހުއްޓައެއް ނުލާނަން" މުނައްވަރު ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް