ads
މިންތީގެ ހަމަހަމަ ކަމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް ދިރާގުން އައިއެފްސީ އާއެކު މަސައްކަތް ކުރަނީ.
އަންހެނުންގެ ލީޑަޝިޕް ހަރުދަނާ ކުރަން ދިރާގުން އައިއެފްސީއާއެކު އެއްބަސް ވެއްޖެ
އަންހެނުންގެ ލީޑަޝިޕް ހަރުދަނާ ކުރުމަށް ޖެންޑާ އެޑްވައިޒަރީ ޕްރޮގްރާމެއް ތައާރަފުކުރުމަށް ދިރާގުން އިންޓަނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަން (އައިއެފްސީ) އާ ގުޅިގެން މަސައްކަތް ކުރަން ފަށައިފިއެވެ.
Advertisement

ދިރާގުން ބުނީ އައިއެފްސީން އާއެކު މަސައްކަތް ކުރާނީ އެކުންފުނީގެ ޖެންޑަ އެކްޝަން ޕްލޭން ހަރުދަނާ ކުރުމުގެ އިތުރަށް ވިޔަފާރީގެ ދާއިރާ އިން ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލައި ދިނުމަށް ކަމަށެވެ.

ދިިރާގުން ދެކޭގޮތުގައި މި ޕާޓްނާޝިޕަކީ އެކުންފުނިން މިއަހަރުގެ ކުރީކޮޅު ތައާރަފުކުރި ޖެންޑަ އެކްޝަން ޕްލޭންގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތައް ފުރިހަމަކޮށްދޭނެ ކަމެކެވެ. މިއީ ކުންފުނީގެ މުހިންމު ފޯކަސް އޭރިއާއެއް ކަމަށާއި އަމާޒަކީ ކުންފުނީގެ ފަންނީ އަދި ފަންނީ ނޫން ދާއިރާތަކުން ވެސް ލީޑަރުންގެ ގޮތުގައި އަންހެނުން ކުރިއެރުވުން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ޖެންޑަ އެކްޝަން ޕްލޭން އަވަސް ކުރުމަށް އައިއެފްސީން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އައިއެފްސީ އާ އެކު އޮތް ގުޅުމުގެ ތެރެއިން އެ ކޯޕަރޭޝަނުގެ ތަޖުރިބާ ހިއްސާކުރުމަކީ ދިރާގުގެ އާ އެންވަޔަރަންމަންޓަލް، ސޯޝަލް އެންޑް ގަވަރނަންސް (އީއެސްޖީ) ފަންކްޝަން ހަރުދަނާކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

އައިއެފްސީ އަކީ އަންހެނުން ވަޒީފާއަށް ނެގުމަށް ހިތްވަރު ދިނުމާއި އެމީހުންގެ މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމުގެ އިތުރުން ހަމަހަމަކަން ކަށަވަރު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކޯޕަރޭޝަނެކެވެ.

އައިއެފްސީން ސްރީލަންކާ އަދި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަލެހަންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވީ ވިޔަފާރިތައް ހިންގުމުގައި އަންހެނުންނަށް ހަމަހަމަ ޖާގައެއް ލިބުމަކީ ކުންފުނިތަކަށް އެތައް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ދިރާގުގެ ވިޔަފާރި ސްޓްރެޓެޖީ އާ އެއްގޮތަށް ޖިންސުގެ ހަމަހަމަކަން އިތުރު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށާއި ދިރާގުން އެޅި މި ފިޔަވަޅާ އެކު އެކުންފުނިން ވަނީ ރާއްޖޭގެ އެހެން ކުންފުނިތަކަށް މުހިންމު ނަމޫނާއެއް ދައްކާފައި ކަމަށް ވެސް އައިއެފްސީގެ ކަންޓްރީ މެނޭޖަރު ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކުރުވާ ހަމަހަމަކަން ކަށަވަރު ކުރުމަށް 2019 ވަނަ އަހަރު ވިމެން އެމްޕަވާމަންޓް ކޮމިޓީ އުފައްދައި އެ ކުންފުނީގެ ޖެންޑާ އިކުއަލިޓީ ލަނޑުދަނޑިތަކަށް އިސްކަންދޭ މިންވަރު ދިރާގުން ވަނީ އިތުރުކޮށްފައެވެ. އަދި އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމްތައް މެދުވެރިކޮށް އަންހެނުންނަށް ހިތްވަރުދީ، އަންހެނުން ބާރުވެރިކުރުމަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް