ads
ރައީސް ނަޝީދު
ނަޝިދު ބަލިވުމާއި އެކު "ހަސަން ކުރުސީ" ޕޯލް ޑިލީޓު ކޮށްލައިފި
"ހަސަން ކުރުސީ" ގެ ޓުވިޓާ އެކައުންޓުން ކުރިއަށް ގެންދިޔަ ޕޯލަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލިވުމާއި އެކު އެ ޓުވީޓު ޑިލީޓު ކޮށްލައިފި އެވެ.
Advertisement

"ހަސަން ކުރުސީ" ގެ ނަމުގައި ޓުވިޓާގައި ހަދާފައިވާ އެކައުންޓަކީ، ރައީސް ނަޝީދުގެ ވަގު އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މީގެ އިތުރުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ހަސަން ކުރުސީ" އަކީ ނަޝީދުކަން، މިހާރު ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމެރީ ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއްތޯ ބެލުމަށް "ހަސަން ކުރުސީ" އެކައުންޓުން ކުރިއަށް ގެންދިޔަ މި ޕޯލުގެ ވަގުތު ހަމަވި އިރު، އެ ޕްރައިމެރީ ކާމިޔާބު ކުރައްވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް 70 އިންސައްތަ މީހުން ވަނީ ބުނެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް ލިިބިވަޑައިގެންނެވީ ވޯޓުގައި ބައިވެރިވި، 30 އިންސައްތަ މީހުންގެ ތާއީދެވެ. 

މި ނަތީޖާ އާއި އެކު "ހަސަން ކުރުސީ" އެކައުންޓުން ވަނީ އެ ޕޯލު ޑިލީޓު ކޮށްލާފަ އެވެ. 

މިއާއި އެކު ގިނަ ބައެއްގެ ފާޑު ކިޔުން އެ އެކައުންޓާއި، ރައީސް ނަޝީދު އަށް އަންނަނީ ލިބެމުންނެވެ. އަދި މިއީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމެރީ ރައީސް ސޯލިހު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމުގެ ނިޝާނެއް ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ރައީސް ނަޝީދަށް މިހާރު އެމްޑީޕީގެ މެމްބަރުންގެ ތާއީދު ނެތް ކަމަށާއި، ރައީސް ނަޝީދު ކަންކަން ކުރައްވަނީ، އަމިއްލަ ފައިދާ އިސްކޮށްގެން ކަމަށެވެ. 

އެހެން ނަމަވެސް މި ޕޯލުގެ ވަގުތު ހަމަވުމުން އެ ޓުވީޓު ޑިލީޓު ކުރާނެ ކަމަށް، އެ އެކައުންޓުން ވަނީ ރޭގެ ވަގުތެއްގައި ބުނެފައެވެ. ސަބަބެއް ކަމަށް ބުނީ، މި ޕޯލަށް ވޯޓުލާ ފަރާތްތަކަށް އެއްވެސް ފަރާތެއްގެ ބިރެއް ދެއްކުމުގެ ފުރުސަތު ނުދޭން ވެގެން ކަމަށް ވަނީ ބުނެފަ އެވެ. 

އެމްޑީޕީން އިއްޔެ ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން 500 މެންބަރުންގެ ސޮޔާއި އެކު ފޯމް ހުށަހަޅަން އެމްޑީޕީގެ އިއުލާނުގައި އެދިފައި ވެއެވެ.

29%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް