
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ ބައްދަލުވުމެއް
އެމްޑީޕީގެ ގައުމީ މަޖިލީޙުގެ މެންބަރުންނާ ރައީސް ބައްދަލު ކުރައްވަނީ
އަހުމަދު ހަސަން
19 ޑިސެމްބަރ 2022 - 21:46:02
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައްދަލު ކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން އޮތީ ސޯލްޓް ކެފޭގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ރައީސް ސާލިހް ބައްދަލު ކުރައްވަމުން ދާއިރު، މި ބައްދަލުވުމަކީ އަންނަ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިހުގެ ކެމްޕެއިނާ ގުޅޭ ބައްދަލުވުމެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި ބައްދަލުވުމުގައި 100 އަށްވުރެ ގިނަ މެންބަރުން ބައިވެރިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އާދިއްތަ ދުވަހު އިއުލާނުކޮށްފައިވާއިރު ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި މައްސަލަތަކެއް އުޅޭ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް