ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް ކުނިމެނޭޖްކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު (ގާނޫނު ނަމްބަރު:4/1993)ގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާގުޅިގެން އަލުން އެ ލިސްޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވީ އެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، މި ލިސްޓުގައި ބަޔާންކޮށްފައިވާއިރު، އިއްޔެ އިން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި މި ގަރާރުގައި ވެއެވެ.
މިގޮތުން އިއްޔެއިން ފެށިގެން ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 އަށްވުރެ ކުޑަ މިލިލީޓަރުގެ ކުދި ޕްލާސްޓިކު ފެންފުޅި އުފެއްދުމާއި ބޭނުން ކުރުން މި ގަރާރުން ވަނީ މަނާކޮށްފަ އެވެ.
ގަރާރުން މަނާކޮށްފައިވާ 13 ބާވަތުގެ ޕްލާސްޓިކް ތަކެތި:
ކާބޯތަކެތި ބަންދު ކުރާ ސްޓައިރޮފޯމް ފޮށި
މިގާނޫނުގެ ދަށުން މިހާރު ވަނީ ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގެ ބިލުވެސް ރައީސް ތަސްދީގުކުރައްވާފައެވެ. އަންނަ އެޕްރީލް މަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ މަގުން ލެވީ ނަގާނެ އެވެ. އަދި އެގޮތަށް އަމަލުނުކުރާ ވިޔަފާރިތައް 50،000 އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އަލަށް ތަސްދީގުކުރެވުނު ގާނޫނުން ވަނީ ދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;