ޒުވާނަކު ގެނބިގެން މަރުވިކަން އެރަށު ކައުންސިލުން ”ސީއެންއެމް“ އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. މަރުވީ 21 އަހަރުގެ އިންޑިއާ މީހެކެވެ.
ސީއެންއެމްއަށް ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒް ވިދާޅުވިގޮތުން، އޭނާ އަކީ އެ ރަށުގެ ފެނާއި ނަރުދަމާ މަސައްކަތުގައި އެރަށަށް އައިސް އުޅުނު މީހެކެވެ.
އޭނާ ގެނބުނީ ފުލިދޫ ޖެޓީ ސަރަހައްދު މޫދަށް އެރި އުޅެނިކޮށް ގެނބިގެން ނެވެ. އޭނާ ނެގީ މޫދު އަޑިން ނެވެ.
ފުލިދޫ ހޮސްޕިޓަލުގެ މެނޭޖަރު ފާރިޝް ސީއެންއެމްއަށް ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެނައީ 18:20 ހާއިރު ކަމަށާއި، ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.