އެސްޓީއޯގެ ހިއްސާގެ އަގު ރެކޯޑް އަދަދަކަށް އުފުލިއްޖެ
މުހައްމަދު އަތީފް
21 ޑިސެމްބަރ 2022 - 01:31:55
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާގެ މުއާމަލާތްތައް ރެކޯޑު މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ.
ހިއްސާގެ ބާޒާރުގެ ތަފާސް ހިސާބުތައް ދައްކާ
ގޮތުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ހިއްސާގެ އަގު މިއަހަރުގެ ދެވަނަ ކުއާޓަރު އިން ފެށިގެން ވަނީ 1،000 ރުފިޔާ އިން މައްޗަށް އަރާފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު ގައި އެސްޓީއޯގެ ހިއްސާގެ އަގު 650 ރުފިޔާ ގައި ހުރި ނަމަވެސް ދެވަނަ ކުއާޓަރަށް ފަހު އެ ކުންފުނީގެ ހިއްސާ ވިކިފައި ވަނީ އެވްރެޖްކޮށް 1،300 ރުފިޔާ އަށެވެ. އަދި އެ އަގު ހަތަރު ވަނަ ކުއާޓަރު ގައި ވަނީ 1،330 ރުފިޔާ އަށް އަރާފައެވެ.
އެ ކުންފުނީގެ ހިއްސާ މިދިޔަ އަހަރު އެވްރެޖްކޮށް ގަނެ ވިއްކާފައިވަނީ 500 ރުފިޔާ އަށެވެ. ރާއްޖޭގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް މި އަހަރުގެ މިހާތަނަށް އެސްޓީއޯ ގެ 491 ހިއްސާ ވަނީ ވިއްކާފައެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ ހިމެނެނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާ ކުންފުންޏެއްގެ ގޮތުގައެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހާފައެވެ. ކުންފުނީގެ މާލީ ބަޔާންތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނިމުނުއިރު އެކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 473 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް