ads
އެމްޑީޕީގެ އެއްވުމެއް ތެރެއިން——
ވަގަށް ނެގި މެމްބަރުން އަލުން ޕާޓީއަށް ވައްދަނީ
އެމްޑީޕީގައި ތިބި މެމްބަރުންގެ ތެރެއިން އެހެން ޕާޓީތަކުން ވަގަށް ނަގާފައިވާ މެމްބަރުނަށް އަލުން އެމްޑީޕީއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަދު އެމްޑީޕީން ކޮށްފައިވާ އިއުލާންނެއްގައި ވާގޮތުން އެމްޑީޕީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީ އަކަށް ވައްދާފައިވާނަމަ އިލެކްޝަންސް ކަމިޝަނަށް ހުށައެޅުމުން އެކަން ބަލައި އެމެންބަރަކު އެމްޑީޕީ އަށް ރުޖޫއަ ކޮށްދޭނެ އެވެ. 

އެފަދަ މީހުން އިލެކްޝަން ކޮމިޝަނުގެ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް އީސީއަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ. 

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) މިއަދު އާންމުކުރި ލިސްޓެއްގައި ވާގޮތުން،  މެއި މަސްތެރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް އެޕާޓީގެ މެމްބަޝިޕުގެ ގަރާރެއް ވަނީ ހުށަހަޅާފަ އެވެ. އެ ގަރާރުގައި އީސީގެ ދަފްތަރާއި ޕާޓީގެ ދަފްތަރާއި އަޅާ ކިޔާފައި ވެއެވެ. 

މިއަދު އާންމުކުރި ލިޔުމުގައި ވާގޮތުން، އެހެން ޕާޓީތަކުގެ 17،000 އަށް ވުރެން ގިނަ މެމްބަރުންނާއި، އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީވެފައިނުވާ 24،033 މީހުން އެމްޑީޕީ ދަފްތަރުގައި ތިބި ކަމަށް އީސީގެ ދަފްތަރުން ދައްކަ އެވެ. 

މި ލިޔުން އިބްރޭ ހާމަކޮށްފައި ވަނީ، އެމްޑީޕީގެ ވޯޓުލާ ދަފްތަރުން 40 ހާހެއްހާ މެމްބަރުން، އެ މެމްބަރުންނަށް އެނގުމަކާއި ނުލާ ކުއްލިއަކަށް އުނިކުރުމުން އެ ދަފްތަރު މިހާރު ވަނީ ވަރަށް ބޮޑަށް ގަޑުބަޑު ވެފައި ކަމަށާއި، ދަފްތަރު އެގޮތަށް އޮވެ ބާއްވާ ޕްރައިމެރީއެއް އިންސާފުވެރި، އަދި މިނިވަން ޕްރައިމެރީއަކަށް ނުވާނެ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް