ads
ކެޓްރީނާ އާއި ވިކީ
ސަލްމާން ހާން އާއެކު ޕްރައިވެޓު ޖެޓުގައި އުޅުނު ކެޓްރީނާ އިކޮނޮމީ ކްލާހަށް!
ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިމީހާ އާ އެކު ފްލައިޓެއްގެ އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ މަންޒަރު ފެނުމުން އޭނާގެ ބައެއް ފޭނުން އާޝޯހު ވެއްޖެެ އެވެ.

ކެޓްރީނާގެ ފޭނުން އާޝޯހުވީ ކުރިން އޭނާ ރައްޓެހިވެގެން އުޅުނު ސަލްމާން ހާނާ އެކު ޕްރައިވެޓް ޖެޓުގައި ދަތުރު ކުރުމަށް ފަހު އޭނާ މިހާރުގެ ފިރިމީހާ އާ އެކު އެންމެ އާދައިގެ މީހުންނާ އެކު އިކޮނޮމީ ކްލާހުގައި ދަތުރު ކުރާތީ އެވެ. 

މިގޮތުން ބައެއް މީހުން ބުނަނީ އާދައިގެ ރައްޔިތުންނާއެކު ދަތުރު ކުރުމުން އެނގިގެންދަނީ ވިކީ އަދި ކެޓްރީނާގެ ފޮނިކަން ނެތް ކަންކަމަށެވެ.

އަނެއް ބަޔަކު ބުނަނީ "ސަލްމާން ހާން އާއެކު އުޅުނު ނަމަ ޕްރައިވެޓް ޖެޓުގައި" ދަތުރު ކުރެވުނީސް ކަމަށެެވެ. 

ކެޓްރީނާ އާއި ވިކީގެ ގުޅުމަށް ބަލާއިރު މި ދެމީހުންގެ ލޯބީގެ ހަޔާތް ފެށުނީ 2018 ވަނަ އަހަރު އެވެ. މި ހުރިހާ ކަމެއް ފެށިގެން އައީ ވިކީ އާ އެކު ރަނގަޅު ހަޔާތެއް ފެނިދާނެ ކަމަށް ކެޓްރީނާ ކޮފީ ވިތު ކަރަން ކިޔާ ޝޯގައި އިއުތިރާފުވުމުން ނެވެ. ނަމަވެސް ކައިވެނި ކުރުމާ ހަމައަށް ދެމީހުން އުޅުނީ ވަރަށް ސިއްރުންނެވެ. އެ ދެ މީހުން އެކުގައި އުޅޭކަމުގެ އެއްވެސް އިޝާރާތެއް އެއްވެސް މީހަކަށް ނުވެ އެވެ. އަދި 2021 ވަނަ އަހަރު އެ ދެމަފިރިން ކައިވެނި ކުރީ ވަރަށް އާދައިގެ ހަފްލާއެއްގަ އެވެ.

your imageސަލްމާން ހާން އާއި ކެޓްރީނާ ކައިފް.. 

ކެޓްރީނާ އާއި ސަލްމާން ރައްޓެހިވީ 2005 ވަނަ އަހަރު ނަމަވެސް ރަންބީރު ކަޕޫރާއެކު އަޖަބް ޕްރޭމް ކީ ގަޒާބް ކަހާނީގައި މަސައްކަތް ކުރަމުން ދަނިކޮށް ކެޓްރީނާ ސަލްމާން ހާން އާއި ހެދި "ބޮލުގައި ރިއްސާތީ"  2010 ވަނަ އަހަރު އެ ގުޅުން ނިންމާލި އެވެ.

ގިނަ ފޭނުން ގަބޫލު ކުރަނީ އަދި ވެސް ސަލްމާން ކެޓްރީނާ ދެކެ ލޯބިވާ ކަމަށެވެ. ސަލްްމާން ވަނީ ކެޓްރީނާ އާއި ކައިވެނި ކުރަން ބޭނުންވެގެން ރަށްޓެހިވެގެން އުޅެމުން، ޕްރޮޕޯސް ވެސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް