ads
އެންމެ މަޑުމޮޅި އޯގާތެރި އަލް އުސްތާޒް ރައީސް މައުމޫން އަބްދުލް ގައޔޫމް
މިލަންދޫ އާބާދުވި ދުވަސް ފާހަގަކުރެއްވުމަށް ރައިސް މައުމޫން އެ ރަށުގައި
ށ. މިލަންދޫގައި މީހުން އާބާދުވި ދުވަސް ފާހަގަ ކުރެއްވުމަށްޓަކައި ރައިސް މައުމޫން އެރަށަށް ވަޑައިގެންފިއެވެ.
Advertisement

އެ ރަށަށް އެމަނިކުފާނު ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ. ރައީސް މައުމޫން މިލަންދޫއަށް ވަޑައި ގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ސަގާފީ ހަރަކާތް ތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރުމައްޗަށް އެއްވެ ތިއްބެވި އެންމެހާ ރައްޔިތުންނާ ސަލާމް ކުރައްވާފައެވެ.

މިކަމާއި ގުޅިގެން އެމްއާރުއެމްއިން ބުނީ ރައީސް މައުމޫންގެ މިލަންދޫއަށް ވަޑައިގެންނެވީ އެރަށުގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ. އަދި އެމަނިކުފާނު އެރަށަށް ވަޑައިގެންނެވީ އެރަށުގެ ކައުންސިލްގެ ދައުވަތުފުޅަކަށެވެ.

މިކަމާއި ގުޅުގެން އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ސީއެންއެމް އަށް ދިން އިންޓަވިޔުއެއްގައި ވިދާޅުވީ އެބޭފުޅުންގެ ދައުވަތު ގަބޫލު ފުޅުކުރައްވައި ރައީސް މައުމޫނު އެރަށަށް ވަޑައިގެންނެވީތީ ވަރަށް އުފާ ކުރާ ކަމަށެވެ. ނަމަވެސް މި ޖަލްސާގެ އިތުރުން އެހެން ކަމެއް ރޭވުފައި އަދި ނުވާކަމަށެވެ. ޖަލްސާގައި އެރަށަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާއި ރީތިނަން ހޯއްދަވާދެއްވާފައިވާ ފަރާތްތަކަށް ޝަރަފުވެރި ކަމުގެ އެވޯޑާއި ހިތްވަރު ދިނުމުގެ އެވޯޑެއް ދިނުމަށް ނިންމަވާފައި ވާކަމަށެވެ. އަދި މި އެވޯޑު ތަކުގެ ބޭނުމަކީ ކުރިޔަށް އޮތް ތަނުގައި އެރަށުގެ ޒުވާނުން އެރަށައް ހިދުމަތް ކުރުމަށް ހިއްވަރު ދިނުމުގެ އިތުރު ހިދުމަތްތެރިންގެ ނަމޫނާއިން ފިލާވަޅެއް ހާސިލް ކޮށްދިނުން ކަމަށެވެ.

"މިޖަލްސާގެ މައިގަނޑު ބޭނުމަކީ ރަށަށް ހިދުމަތް ކޮށްދީ، ރީތި ނަން ހޯއްދަވާ ދެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް، އެރަށުގެ ޒުވާނުންނަށް އެ ހިދުމަތް ތެރިންނާއި ޝަރަފުވެރިންގެ ކިބައިން އިބުރަތެއް ހާސިލް ކޮށްދިނުން، އަދި ކުރިޔައް އޮތް ތަނުގައި ރަށުގެ ޒުވާނުންގެ ފަރާތުން ރަށައް ހިދުމަތް ކުރަން ހިއްވަރު ދިނުން". އާތިފް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ މި ޖަލްސާ ބޭއްވިގެން މިދަނީ ރަށުގައި މީހުން ވަޒަންވެރިވި އަސްލު ތާރިހުގައި ނޫންކަމަށާ، އަސްލު ތާރީހަކީ "ސެޕްޓެންބަރު 16" ކަމަށެވެ. ނަމަވެސް އެދުވަހު މިޖަލްސާ ނުބޭއްވުނީ ރަށުގެ ސްކޫލްގެ އަހަރީދުވަހާ ރަށުގައި މީހުން އާބާދުވި ދުވަސް އިއްތިފާގުން އެއްދުވަހަކަށް ވެފައި ވުމާއެކު އެދުވަހު ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އިސްކަން ދިނުމުގެ ސަބަބުން ކަމަށެވެ.

ށ. މިލަންދޫ އަކީ މިހާރު 1،200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. މިރަށް އާބާދު ކުރަން ފެށިވެސް ރައީސް މައުމޫނުގެ ވެރިކަމުގައެވެ، އަދި އާބާދުކޮށް ނިމުނީވެސް އެމަނިކްފާނު ވެރިކަމުގައި ހުންނަވަނިކޮށެވެ.

ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ނަސްރީނާ އާއި ދަރިކަލުން ފާރިޝް މައުމޫންގެ އިތުރުން ދަރި ކަނބަލުން އަދި ރާއްޖޭގެ އާޓްސް،ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ އެރަށަށް ވަޑައިގެންފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް