ads
އެކޮމަޑޭޝަން ބްލޮކްގައި ރޯވި އަލިފާންގަނޑު ނިވުނުއިރު މުޅި ބްލޮކްވަނީ އަނދާ އަޅިއަށްވެފައި
ގުޅިފަޅުން ފެނުނު ކަށިތަކަކީ އެކެއްގެ ކަށިތައް ކަމަށް ބެލެވޭ: ފުލުހުން
ގުޅިފަޅުގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިާއަށް ފަހު އެ ސަރަހައްދުން ދެ ދުވަހެއްގެ މަތިން ފެނުނީ އެކެއްގެ ކަށިތައް ކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަލިފާން ރޯވި ސަރަހައްދަކީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޯން ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކެވެ. އެ ސަރަހައްދުގައި މިދިޔަ ހަފްތާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މީހަކު ގެއްލިފައިވެ އެވެ. 

މިމަހުގެ 19 ވަނަ ދުވަހު އެ ސަރަހައްދުން އިންސާނެއްގެ ކަށިތައް ފެނިފައި ވާއިރު، އެއާއި ޖެހިގެން އައި ދުވަހުވެސް ވަނީ އިންސާނެއްގެ ކަށިތައް އެ ސަރަހައްދުން ފެނިފަ އެވެ. ފުލުހުން ވަނީ އެ ސަރަހައްދުން ފެނުނު ކަށިތަކަކީ، ގެއްލުނު މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ޑީއެންއޭ ހެދުމަށް ނިންމާފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނުނީ އެކެއްގެ ކަށިތައް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ކަށިތައް ފެނުނީ އެއް ސަރަހައްދަކުން ކަމަށާއި، އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ދެވޭނީ، ހަދަންޖެހޭ ތަހުލީލުތައް ހެދުމަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކިވަރުގެ އަނިޔާތައް ވެގެން 76 މީހަކަށް ވަނީ ފަރުވާ ދީފަ އެވެ. އެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެފްކޯން ކުންފުނިން ވަނީ ބޯހިޔާވަހިކަން ހޯދައިދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް