ads
ޗައިނާ
ކޮވިޑުގެ އިތުރު ރާޅެއް ބިންދާލައިފި، ޗައިނާ ހާސްކަމުގެ ތެރެއަށް
ކޮވިޑުގެ އިތުރު ރާޅެއް ބިންދާލައި، ޗައިނާ ހާސްކަމުގެ ތެރެއަށް ވެއްޓި، ހޮސްޕިޓަލުތައް ފުރުމާ ގުޅިގެން، ޗައިނާ ހާލަތާ މެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑަބްލިޔުއެޗްއޯގެ ހެލްތު އެމާޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ޗައިނާގެ ވެރިރަށް، ބެއިޖިން އާއި ގިނަ ސިޓީ ތަކެއް ހިމެނޭހެން  ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ އިރު، ހާލަތު ގޯސްވާ މީހުން ގިނަވެ މިހާރު ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ވެސް ފުރެމުންދާ ކަމަށެވެ. 

 ޗައިނާ އަށް މިހާރު ކުރިމަތިވެފައި އޮތް ކޮވިޑްގެ 19ގެ  ރާޅާ އެކީ އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އެންމެން ވެސް ސަމާލުކަން ދިނުމަށް ޑަބްލިޔުއެޗްއޯގެ ހެލްތު އެމާޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު އިލްތިމާސް ކުރެއްވި އެވެ. 

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނަމް  ވެސް މި ހަފުތާގައި ވަނީ ޗައިނާގެ ހާލަތާ މެދު  ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ޓެޑްރޮސް ވިދާޅުވީ ޗައިނާގެ ހާލަތު އެ ގައުމުން ބައިނަލް އަގުވާމީ ދުނިޔެ އަށް ހާމަކޮށް ދޭން ޖެހޭނެކަމަށެވެ.

ޗައިނާގައި ކޮވިޑްގެ ހާލަތު ގޯސްވާތީ މީގެ ދުވަސްތަކެއް ކުރިން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އެކަމަކު އެކަމާ ދެކޮޅަށް ޗައިނާގެ އެތައް ބަޔަކު މުޒާހަރާ ކުރުމުން ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮވިޑަކީ ޗައިނާ 2019 ގައި އުފަންވި ބައްޔެކެވެ. އެގޮތުން 2020 ގައި މުޅި ދުނިޔެ އަށް ފެތުރު ބަލީގެ ހާއްޔަކީ ޗައިނާގެ ވޫހާން އެވެ.

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް