ads
އެމްޕީއެލްގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން
މާލޭ ކޮމާޝަލް ހާބަރު ގައި ޑްރިލް ޕްރެކްޓިސް އެއް
އެމްޕީއެލް އިން މާލޭ ކޮމާޝަލް ހާބަރު ގައި ފަޔަ އެންޑް ރެސްކިއު ޑްރިލް ޕްރެކްޓިސް އެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ސަލާމަތީ މިންގަނޑުތައް ހަރުދަނާކޮށް، ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން އެމްޕީއެލް ގެ ފަރާތުން މި ޑްރިލް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދު މެންދުރު 01:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.

މި ޑްރިލް ގައި މުޅި ބަނދަރު ސަރަހައްދު ހުސްކުރާ ގޮަތަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މާލޭ ކޮމާޝަލް ހާބަރަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރީގައިވާ ތަނެއް ކަމުން، މި ޑްރިލް ޕްރެކްޓިސް ގެ ތެރެއިން އުފެދިދާނެ ދުމުގެ އަސަރުން ރައްކާތެރިވެ ތިބުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން މާ ބޮޑަށް ދުމުގެ އަސަރު ކުރާ ނަމަ ގެތަކުގެ ދޮރުތަަކާއި ކުޑަދޮރުތައް ބަންދު ކުރުމަށާއި ލޮލާއި ނޭފަތާއި އަނގަ ރަނގަޅަށް ނިވާ ކުރުމުގައި ސަމާލުކަން ދިނުމަށް ވެސް އެމްޕީއެލް އިން އެދެއެވެ.

މި ޑްރިލް ގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން މާފަށް އެދޭ ކަމަށާއި މި ފަދަ ޑްރިލް އެކްސަސައިޒް ތަކަށް އާންމުންގެ ފަރާތުން ދޭ އެއްބާރުލުމަށް ކުންފުނީގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް