ads
ބ ގޮއިދޫ
އާންމުކޮށް ނުފެންނަ މަހެއް ބޭނުމުން ގިނަ ބަޔަކު ނުރުހިއްޖެ
އާންމުކޮށް ރާއްޖެ ސަރަހައްދުން ނުފެން ޒާތުގެ 'ސަން ފިޝް' އެއް ބޭނުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފިއެވެ.
Advertisement

މި މަސް ބާނާފައިވަނީ ބ. ފުޅަދޫ ހުޅަނގު ކަނޑުން ބުދަ ދުވަހު އެވެ. 

މި މަސްބާނާފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ދަރިކަލެއް ކަމަށް ދައުލަތުގެ މީޑިއާއިން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ މަސް ބޭނިއިރު އުއްތަމަ ފަނޑިޔާރު ވެސް ހުންނެވިކަމަށް އެ ރިޕޯޓުގައި ބުނެފައިވެެ އެވެ. އުއްތަމަ ފަނޑިޔާރު މި ވަގުތު އުޅުއްވަނީ އާއިލާ އެކު ޗުއްޓީއެއްގަ ކަމަށް ވެ އެވެ. 

މި މަސް ބޭނުމަށް ފަހު ވަނީ ފުޅަދޫއަށް ގެންގޮސްފައެވެ. މަސް ދޫކޮށް ނުލައި އެ ރަށަށް ގެންދިޔައީ މަހުގެ ބަނޑަށް ވައި އަރާފައި ހުރުމުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. މިއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަހެއް ނޫނެވެ. 

"މަސް ރަށަށް ގެންދިޔައީ ބަނޑަށް ވައިރަފާފައި އޮތުމުން ދޫކޮށްލައިގެން ސަލާމަތް ނުވާނެތީ. އެއްވެސް ގޮތެއް ނެތުމުން" ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒްހަރު އިއްޔެ ވިދާޅުވެފައިވެއެވެ. 

މި މަސްބާނާފައިވަނީ 500 މީޓަރު އަޑިންނެވެ. މަހުގެ ދިގު މިނުގައި ހަ ފޫޓު އަދި ފުޅާ މިނުގައި ހަތަރު ފޫޓު ހުއްޓެވެ. 

މަސް ބާނައިގެން ފާލަން/ރޭމްޕު މައްޗަށް އަރުވާފައިވާ ވީޑިއޯއެއް މިހާރު ދައުރުވަމުން ދާއިރު، އެ ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ މީހުން ބުނެފައިވަނީ މަސް މަރާލީތީ ހިތާމަ ކުރާކަމަށެވެ. އަނެއް ބަޔަކު އެދެމުން ގެންދިޔައީ މަސް ދޫކޮށްލުމަށެވެ. 

"އިންސާނުންނަށް ކުރެވޭ ނުކުރޭ ކަމެއް ވެސް ނޭނގެ. ހެޔޮނުވާނެ،" ވީޑިއޯއަށް ކޮމެންޓު ކުރި މީހަކު ބުނެފައިވެެއެވެ. 

އެއްބަޔަކު މިކަމާ ހިތްހަމަ ނުޖެހުނު ނަމަވެސް، އަނެއް ބަޔަކު ބުނަނީ "އެމީހަކު ކަނޑުން ބާނާ ހަލާލު މަސް" ކެއުމަކީ މައްސަލައެއް ނޫންކަމަށެެވެ. 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް