އެމްޑީޕީގެ ޗެއާޕާސަން ކެމްޕެއިނުގައިވެސް ރައީސް ނަޝީދު ސަޕޯޓް ކުރެއްވި އިމްތިޔާޒް ފަހުމީ އާ އެކު މަސައްކަތް ކުރެއްވި މޯޑް، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހުއަށް ތާއީދު ކުރައްވަން ނިންމަވައި ތާއީދު ފޯމްތައް ވެސް ހޯއްދެވުމުގައިވަނީ މަސައްކަތް ފައްޓަވާފައެވެ.
ކުރިއްސުރެ ރައީސް ނަޝީދާ ވަރަށް އަރިސް މޯޑްވަނީ، ވެލިދޫ ދާއިރާއިން ހޯދާފައިވާ ތާއީދު ފޯމުތައް ރައީސް ސޯލިހްގެ ކެމްޕެއިން މެނޭޖަރު، ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒްއާ ހަވާލުކޮށްފަ އެވެ. މިކަން އޭނާ ވަނީ، ޝޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހު އޮތް އިރު، ދެ ފެކްޝަނުގެ ކެމްޕޭން ފޯރި އަންނަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. ރައީސް ސާލިހުގެ ކެމްޕެއިން މިރޭ ރަސްމީކޮށް ފަށާނެއެވެ.