ads
ޔާމީން
އަޅުގަނޑު ޖަލަށްލާނެ، ޓިކެޓާ ހިފައި ނުގަންނާތި!
ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލަ ނިމޭ އިރު ޖަލު ހުކުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިޔަސް ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓާ އެންމެން ހިފައިނުގަތުމަށް ރައީސް އަބްދުﷲ ޔާމީން، އެ ޕާޓީގެ ލީޑަޝިޕް މެންބަރުންގެ އަރިހުން އެދިވަޑައިގެންފި އެވެ.
Advertisement

ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ރައީސް ޔާމީނާ ގުޅޭ ދެ މައްސަލައެއްގެ ހުކުމް އަންނަ އާދިއްތަ ދުވަހު ކުރުމަށްވަނީ ތާވަލުކޮށްފައެވެ. އެއީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައެކެވެ. މި މައްސަލަތަކުގެ ހުކުމް ކުރުމާ ގާތްވެފައިވަނިކޮށް، ބުރާސްފަތި ދުވަހު ހަވީރު ރައީސް ޔާމީން ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

މި ބައްދަލުވުން އޮތް ކަމަށްވަނީ ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެހީގަ އެވެ. 

ރަސްމީކޮށް ޕީޕީއެމުން މިކަން ކަށަވަރުކޮށްދީފައި ނުވިނަމަވެސް އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ރައީސް ޔާމީން އެދިވަޑައިގެންނެވީ އެ މަނިކުފާނު މިނިވަން ކުރަން ކުރެވެން ހުރި މަސައްކަތް އެންމެވެސް ކޮށް ދެއްވުމަށެވެ.

ޔާމީނަށް އެނގިވަޑައިގަންނަވާ އެ މަނިކުފާނަށް ޖަލު ހުކުމެއް އަންނާނެކަން. އެކަމަކު ޔާމީން ވިދާޅުވީ އެ މަނިކުފާނު ޖަލަށް ލިޔަސް ރިޔާސީ އިންތިހާބުގެ ޓިކެޓާ އެންމެން ހިފައި ނުގަތުމަށް. ވިދާޅުވީ އެ މަނިކުފާނު ލުޔެއް ލިބެން ހުރި ހުރިހާ ކަމެއް ކޮށްދެއްވުމަށް. އަދި ވަރަށް ޔަގީން ކަމާއެކު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށާއި ޖަލަށްދާން ޖެހުނުސް އަނެއްކާވެސް އެނބުރި ވަޑައިގަންނަވާނެ ކަމަށް. ވިދާޅުވީ މިއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް އެމަނިކުފާނުކަމަށް.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ރައީސް ޔާމީނު ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރެއްވިއިރު، މިއީ މި ފަހުން އެމަނިކުފާނު ބޭއްވި މި ފަދަ ދެވަނަ ބައްދަލުވުމެވެ. މި ނިމުނު ހަފްތާގެ ކުރީކޮޅުވެސް ރައީސް ޔާމީން ޕާޓީގެ ލީޑާާޝިޕާ ބައްދަލުކޮށް ދެއްކެވީ ދާދި އެއް ވާހަކަތަކެކެވެ. 

ކްރިމިނަލް ކޯޓުގައި މިހާރު ހުކުމާ ގާތްވެފައިވާ މައްސަލައަކީ، ވ. އާރަށާ ގުޅޭ މައްސަލައެކެވެ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި މައްސަލައިގެ ދައުވާތައް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހެން  ވެއްޖެ ނަމަ މަތީމަރުހަލާއަކުން އެ ހުކުމް ބާތިލުކުރުމާ ހަމަޔަށް ރިޔާސީ އިންތިހާބުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.

50%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް