ads
ރައީސް ސާލިހު ދާންދޫގައި
ރައީސް ސާލިހް ދާންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ގއ. ދާންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.

ދާންދޫ ރައްޔިތުންނާ ރައީސް ސާލިހް ބައްދަލު ކުރެއްވީ މިއަދު މެންދުރު ފަހު އެ ރަށުގައެވެ.  މި ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ސާލިހް މިއަދު ދާންދޫގައި ދާންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވިއިރު، މީގެ އެއް އަހަރު ކުރިން އެ މަނިކުފާނުވަނީ ދާންދޫ ކައުންސިލްގެ މެންބަރުންނާ މާލޭގައި ބައްދަލު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވަނީ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ ގއ. ދާންދޫއަށް ވަޑައިގެންނެވިއިރު، ދެން ވަޑައިގަންނަވާނީ ގއ. ނިލަންދޫއަށާއި، ގއ. މާމެންދޫއަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވާނީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް