ads
ވާދޫގައި އިމާރާތް ކުރި މިސްކިތް ހުޅުވައިފި
ސަރުކާރުން ވާދޫގައި އަލަށް އިމާރާތް ކުރި މިސްކިތް ހުޅުވައިފި
ސަރުކާރުން ރ. ވާދޫގައި އަލަށް އިމާރާތް ކުރި މިސްކިތް "މަސްޖިދް އުސްމާން ބިން އައްފާން" ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި މިއަދު ވާދޫގާއި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ. 

ތިންސަތޭކަ މީހުންގެ ޖާގައިގެ މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުން ވަކިން ނަމާދު ކުރެވޭން ތަން ހަދާފައި ވާއިރު، މުޅި މިސްކިތް ވަނީ އޭސީ ކޮށްފަ އެވެ. މި މިސްކިތުގައި ހިނަވާގެއެއްވެސް ވަނީ ތަރައްގީ ކޮށްފަ އެވެ. 

ދެހާސް ނަވާރަ ވަނަ އަހަރު މި މިސްކިތުގެ މަސައްކަތް ބަޔަކާއި ހަވާލު ކޮށްގެން ކުރިއަށް ގެންދަން ފެށި ނަމަވެސް ނިންމަންޖެހޭ ތާރީހަށް މަސައްކަތް ނުނިމުމުން މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލް ކޮށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފަ އެވެ. 

އިސްލާމިކް މިނިސްޓްރީން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލު ކުރީ، މި އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ. މި މިސްކިތް އިމާރާތް ކުރުމަށް ޖުމްލަ 5.2 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް