ads
ބެންގަލޫރުގެ އެއާޕޯޓުގައި ކޮވިޑް އިންޑިއަން ފްރޮޓް ލައިންގެ ބޭފުޅުން ހަރަކާތްތެރި ވަނީ : ފޮޓޯ، އިންޑިއަން ޕީޓީއައި ފައިލް ފޮޓޯޒް
އިންޑިއާއަށް އަރާ ފައިބާ މީހުން ކޮވިޑް ޓެސްޓް ހަދަން ފަށައިފި
އަވައްޓެރި އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ ވައިގެ މަގުން އަދި ކަނޑު މަގުން އަދި އެއްގަމު މަގުން އެ ގައުމަށް އެތެރެވެ ބޭރުވާ މީހުންގެ ކޮވިޑް ޓެސްޓް ނަގަން ފަށައިފިއެވެ.
Advertisement

އިންޑިއާގެ ސިއްހަތު ވުޒާރާއި މީގެ ދެދުވަސް ކުރިން ނެރުނު ގައިޑްލައިންގައި ވާގޮތުގައި ބައެއް ގައުމުތަކުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ އިންޑިއާއިން ވެސް ކޭސްތަކުގެ އަދަދު މަތިވެފައިވާތީ މާދަމާ ޔައުނީ މިއަދު އިން ފެށިގެން އަޅަމުންދާނެ ފިޔަވަޅުތައް ވަނީ  އާންމުކޮށްފަ އެވެ. 

އެ ގައިޑްލައިންގައިވާ ގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން އިންޑިއާއަށްދާ މީހުންވެސް އެ އުސޫލަށް އަމަލުކުރަން ޖެހޭނެއެވެ. އަދި އެގައިޑް ލައިންގައި ދަތުރު މަތީގައި ވާއިރު އަދި ދަތުރަށް ފުރުމަށް ބަނދަރުގައި ވާއިރު މާސްކުން އެ މީހެއްގެ އަނގައާއި ނޭފަތް ނިވާ ކުރުން ލާޒިމް ކުރެއެވެ. އަދި ދަތުރަށް ތައްޔާރު ވެފައުވާ މީހެއްގެ ފަރާތުން ކޮވިޑުގެ އެއވެސް އަލާމާތެއް ފެނިއްޖެ ނަމަ ކޮވިޑް ފެސިލިޓީއަށް ގެންދެވޭނެ ކަމަށް އެ ގައިޑްލައިން ގައި ބަޔާން ކޮށްފައި ވެއެވެ. އެ ގޮތުން ބެންގަލޫރާއި ކޮލްކަޓާ އަދި ވެރި ރަށް ނިއުދިއްލީގެ އެއާޕޯޓު ތަކުގައި ކޮވިޑް ފްރޮންޓް ލައިން ގެ ބޭފުޅުން ދަނީ ހަރަކާތްތެރިވަމުންނެވެ

އޭގެ އިތުރުން ފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ ދެ އިންސައްތަ މީހުން ރޭންޑަމް ޓެސްޓެއް ކުރާނެ އެވެ. އެ ޓެސްޓު ކުރުމަށް ފަހުގައި ބައްޔަށް ފައްސި ނޫން ކަމަށް ދައްކައިފިނަމަ ވައިގެ މަގުން އެ ފަސިންޖަރަކަށް ދަތުރު ކުރެވޭނެއެވެ. ނަމަވެސް އެ ޓެސްޓުން ކޮވިޑަށް ފައްސި ކަމަށް ދައްކައިފި  ނަމަ އިތުރު ޓެސްޓެއް ހަދައި ބަލި ހުރިތޯ އިތުރަށް ޔަގީން ކުރާނެ އެވެ. އެ ޓެސްޓުންވެސް ޕޮޒިޓިވްވެއްޖެ ނަމަ އެ މީހަކު ގައިޑްލައިންގައި ވާގޮތުގެ މަތިން އެކަހެރި ކުރެވިގެން ދާނެއެވެ.


ގައިޑްލައިންގައިވާ ގޮތުން އުމުރުން ބާރަ އަހަރުން ދަށުގެ ކުދިންނަށް ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެއެވެ. ނަމަވެސް އެ ކުއްޖެއްގެ ފަރާތުން ކޮވިޑުގެ އަލާމަތްތައް ފެންނަ ނަމަ  ޓެސްޓް ހަދައި ފައްސި ވެފައިވާނަމަ ބެލެނިވެރިޔަކާއި އެކުގައި އެކުއްޖަކު އެކަހެރި ކުރެވިގެން ދާނެކަމަށް ގައިޑްލައިންގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް