މިކަން ހާމަވެފައިވަނީ "ދިވެހި އެފް.އެމް އެވޯޑްސް 2021" ނަމުގައި ބޭއްވި އެވޯޑު ހަފްލާއެއްގައި މި ދެ އާޓިސްޓުނަށް އެވޯޑު ލިބުމުންނެވެ.
މިގޮތުން އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި އަންހެން ލަވަކިޔުންތެރިޔާ އެވޯޑް ލިބިފައިވަނީ "ކަސަބުން ބޯވަޅު" މި ލަވައިން މަރިޔަމް އަޝްފާއަށް ކަމަށް ޕީއެސްއެމްއިން ބުނެއެވެ.
އެންމެ ގިނައިން ރިކުއެސްޓްކުރި ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް ލިބުނީ ޝަލަބީ އިބްރާހީމް ކިޔާފައިވާ "އާދޭސް" ކިޔާ ލަވައަށެވެ.
ޝަލަބީ..ފޮޓޯ/ފޭސްބުކް
ދިވެހި އެފް.އެމްގެ 2021 ވަނަ އަހަރުގެ އެންމެ މަޤުބޫލު ލަވައަކަށް ހޮވިފައިވަނީ ޝަމްވީލް މުޙައްމަދު ކިޔާފައިވާ "އޮޑި ދީލާ" މި ލަވައެވެ.
2021 ވަނަ އަހަރުގެ އެންމެ މަޤުބޫލު ބޭންޑަކަށް ހޮވިފައިވަނީ ސިމްބަލިކް ރެކޯޑްސްއެވެ.
އެވޯޑު ލިބުނު ފަންނާނުން