މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މިއީ ފާއިތުވި 10 އަހަރު ތެރޭގައި ވެސް ރައީސަކު ދާންދޫއަށް ޒިޔާރަތްކުރައްވައި ދާންދޫ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެގޮތަށް ރައްޔިތުންގެ ހިޔާލު ހޯއްދެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްފަ އެވެ.
ސަރުކާރުގެ މުއައްސަސާތަކުން ރަށުގެ ތަރައްގީއަށް ބޭނުންވާކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭކަން ކައުންސިލުން ފާހަގަކުރި އެވެ. ނަމަވެސް އެއާއި ގުޅިގެން އެރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ޝަކުވާތައް ވެސް ހިއްސާ ކުރި އެވެ.
ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި:
ދާންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވެސް ވަނީ ރަށުގައި އެމްއެންޔޫ ކެމްޕަހެއްގެ މުހިންމުކަމާއި، ޑިޓޮކްސް ސެންޓަރެއް ޤާއިމްކުރުމާއި އިނޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުން ފަދަ ކަންކަން ރައީސް ސޯލިހަށް ދަންނަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ދާންދޫގެ ތަރައްގީއާ ގުޅޭ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފަ އެވެ. އަދި، ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން އެދުނީ އެއާޕޯޓަކަށް
ރައީސްގެ މި ދަތުރުގައި ދާންދޫ ރައްޔިތުން ނާއި ވެސް ބައްދަލުކުރައްވާ ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ.
ރައްޔިތުން ފާހަގަކުރީ:
ދާންދޫ ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައްޔިތުން އެދިފައިވާ ކަންކަން ސަރުކާރުން ވީ ވަރަކުން ފުއްދަވަމުން ގެންދަވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ދާންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.