ads
ރައީސް ސޯލިހްގެ ތާއީދު ފޯމުތައް(ވ)
20،000 މެންބަރުންގެ ތާއިދާއެކު ރައީސް ސޯލިހު ކެންޑިޑަސީ ފޯމު ހުށަހަޅުއްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޯމު ހުށަހަޅުއްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލާފަ އެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން 500 މެންބަރުންގެ ސޮޔާއި އެކު ފޯމް ހުށަހަޅަން ޖެހެ އެވެ.

ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރު، ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މިއަދު ވިދާޅުވީ، ޕްރައިމަރީގައި ވާދަ ކުރެއްވުމަށް 20،000 އަަށް ވުރެގިނަ މެމްބަރުންގެ ތާއީދާއިއެކު، ރައީސް ⁦ސޯލިހު‬⁩ގެ ކެންޑިޑަސީ ފޯމު ހުށައަޅުއްވާފައިވާ ކަމަށެވެ.

ދަފްތަރު ގަނޑުބަޑު ވެފައިވާ ކަމަށް ބުނާ އެމްޑީޕީގެ މެމްބަރުންގެ ‏ގޮތުގައި 58،000 މެމްބަރުން ތިބި ކަމަށް އިލެކްޝަން ކޮމިޝަން(އީސީ) ގެ ދަފްތަރުން ދައްކައެވެ. 

ގަނޑުބަޑުވެފައިވާ ދަފްތަރެއް އޮއްވާ ބާއްވާ ޕްރައިމަރީއެއް އިންސާފުވެރި ނުވާނެ ކަމުގެ ޝަކުވާއަށްފަހުވެސް، ރައީސް ސޯލިހް އާއި ދެކޮޅަށް މި ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައެވެ. 

މި ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދުގެ ކެންޑިޑަސީ ފޯމު އިއްޔެ ހުށަހަޅުއްވާފައިވާއިރު، ތާއީދު ލިބުނު މެމްބަރުންގެ އަދަދެއް ނަޝީދުގެ ކެމްޕެއިން ޓީމުން ހާމައެއް ނުކުރެއެެވެ. ނަމަވެސް ފޯމު ހުށަހެޅީ ބަރާބަރު 500 މީހުންގެ ތާއީދާއިއެކު ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. 

ތާއީދު ފޯމު ފުރުމާއި ކެމްޕެއިންގެ ކަންކަން ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ރައީސް ނަޝީދު ތުހުމަތުކުރައްވަނީ، އެމަނިކުފާނަށް ތާއީދުކުރައްވާ 39،000 މެމްބަރަކު ޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް