ads
ހައްޖު ކޯޕަރޭޝަނުންގެ މާޗު އުމްރާ ކެންސަލްކުރުން--
ކޮރޯނާ ވައިރަހާ ގުޅިގެން ހައްޖު ކޯޕަރޭޝަނުގެ މާޗު މަހުގެ އުމްރާ ދަތުރުތައް ކެންސަލް!
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ގެ ސަބަބުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންގެ އަންނަ މާޗު މަހުގެ ޢުމްރާ ދަތުރުތައް ކެންސަލް ކޮށްފި އެވެ.

މެދު އިރުމަތީގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19ޢާއި ގުޅިގެން ފެތުރިދާނެ ބޮޑު ސިއްހީ ބަލިމަޑުކަމުން ރައްކާތެރި ވުމަށްޓަކައި ސައުދީއިން ވަނީ ވަގުތީގޮތުން އެ ގައުމަށް ދަތުރުކުރުން މަނާ ކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިއަހަރުގެ މާޗު އުމްރާ ދަތުރުތަށް ކެންސަލް ކުރެވިފައިވާ ކަމަށެވެ. މިހެންވެ، އެ ކުންފުނިން ވަނީ މި ދަތުރާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމި ތަމްރީން ބައްދަލުވުންތައް ވެސް ކެންސަލްކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ސިއްހީ އިދާރާތަކާއި، ދުނިޔޭގެ ސިއްހީ ޖަމާއަތުގެ މަޝްވަރާގެ މަތީން ސައުދީގެ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، މި ބަޔާނުގައި އުމްރާ އަށް މީހުން ދިޔުމަށް މަނާ ކޮށްފައިވާ ވަކި މުއްދަތެއް ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް