ads
ދިއްދޫ ރައީސްގެ ހޭންޑް ބޯލް މުބާރާތުގެ ތެރެއިން - ފޮޓޯ: ކައުންސިލް ރައީސް
ދިއްދޫ ކައުންސިލް ރައީސްކަޕް ފެށިގެން ކުރިޔަށް
ދިއްދޫ ރައީސް ކަޕް ހޭންޑް ބޯލް ދެވަނަ ވަނަ މުބާރާތް ފެށިގެން ކުރިޔަށް އެބަދެއެވެ.

މިއީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ހޭންޑް ބޯޅަ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެެފައިވެއެވެ. މިދިޔަ ބުދަ ދުވަހު ފެށުނު މިމުބާރާތުގެ ހުރިހާ ހަރަދެއް ކުރައްވާފައި ވަނީ ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ. 

"ދިއްދޫ ރައީސްގެ ވައުދު ކަޕް 2 ހޭންޑް ބޯލް މުބާރާތް" ގެ ނަމުގައި ކުރިޔަށްދާ މި މުބާރާތުގެ މަގުސަދަކީ، ދިއްދޫގެ އަންހެންވެރިން ބާރުވެރިކުރުމާއި މި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އަންހެން ކަނބަލުންގެ މެދުގައި އިތުރުކޮށް ރަނގަޅު ކުޅުންތެރިން އުފެއްދުން ކަމުގައި ދިއްދޫ ކައުންސިލްގެ ރައީސް ވަނީ މައުލޫމާތު ދެއްވާފައެވެ. 

މިމަހު 21 އިން ފެށިގެން 29 ގެ ނިޔަލަށް ކުރިޔަށްދާ މުބާރާތުގައި މިރޭވެސް 2 މެޗް ކުޅެން ހަމަޖެހިފައިވެއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރަޕް ޓީމަަށް 2،000 ރުފިޔާ އަދި ފެއާ ޕްލޭ ޓީމަކަށް 1،000 ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް